ރައީސްގެ އުތުރު ދަތުރުފުޅާ ދިމާކޮށް އިދިކޮޅުން ކުރި އިހުތިޖާޖު ޗޮކުން!

ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިހް ދެކުނަށް ކުރައްވާ ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންނެވި ވަގުތު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މަދު ބަޔަކު އެއްވެ އެ މަނިކުފާނު އިސްތިއުފާއ...

17 Jul 2021 | 05:08

ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިހް ދެކުނަށް ކުރައްވާ ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންނެވި ވަގުތު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މަދު ބަޔަކު އެއްވެ އެ މަނިކުފާނު އިސްތިއުފާއަށް ގޮވައި އެއާޕޯޓް ސަރަހައްދުގައި އިއްޔެ އިހުތިޖާޖުކޮށްފި އެވެ.

ނަމަވެސް، މި އިހުތިޖާޖު ދިޔައީ އެ މީހުން އުންމީދު ކުރި ގޮތަކަށް ނޫނެވެ. އިހުތިޖާޖުގެ ވަކި ހިސާބަކުން ބައިވެރިންގެ ތެރެއިން ބަޔަކު ގޮވަން ފެށީ އިދިކޮޅު ލީޑަރ ރައީސް ޔާމިންގެ އިސްތިޢުފާއަށެވެ.

ރައީސް ޞާލިހް އިންނެވި ފްލައިޓް ރަންވޭ ޖެއްސުމާއެކު މުޒާހަރާގައި ބައިވެރިން ވަނީ އެ މަނިކުފާނުގެ އިސްތިއުފާ ގޮވައި ވަނީ އަޑުގަދަކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މި އިހްތިޖާޖުގައި މައިގަނޑު ތިން ބެނާއެއް ގެންގުޅުނުނެވެ. އެ ބެނާތަކުގައި ހުރީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ރައީސް ޞާލިހް އިސްތިއުފާއަށް ގޮވާލައި ލިޔެފަ އެވެ.

މީގެ އިތުރުން އިންޑިޔާ އައުޓް ލިޔެފައިހުރި ބެނާއެއްވެސް އިހްތިޖާޖުގެ ބައިވެރިން ގެންގުޅުނެވެ. ރައީސް އިންނެވި ޕްލައިޓް ރަންވޭގައި ޖެއްސުމުން އެ މަނިކުފާނަށް ފެންނަ ހެން އެ ބެނާތައް ވަނީ ދަމާފަ އެވެ.

އެ ސަރަހައްދުގައި ސަލާމަތީ ކަންކަން ބެލުމަށްޓަކާ ގިނަ އަދަދެއްގެ ފުލުހުންވެސް ހަރަކާތްތެރިވި އެވެ. މި އިހްތިޖާޖުގައި ކުރިއަށްގެންގޮސްފައިމިވަނީ އެކަން ނުކުރުމަށް ފުލުހުން އެދިފައިވަނިކޮނެވެ.

ރައީސްގެ ދެ ކަނބަލުން ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ މޭޔަރު މުހައްމަދު އާތިފެވެ. އަދި ކައުންސިލް މެމްބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ ވެރިންނެވެ.

ރައީސް އެއާޕޯޓް ތެރޭގައި މަޑުކޮށްލުމަށްފަހު، އެއާޕޯޓް ނުކުމެވަޑައިގަނެވި ތަނުން، އެ ވަގުތު މައިކް ހިފައިގެން ރައީސްއާ ދެކޮޅު ޝުއޫރު ފާޅުކުރަން ހުރި އިދިކޮޅު އެކްޓިވިސްޓް "ރައީސް ޔާމީނޭ" ގޮވާލުމުން ސަޕޯޓަރުންނަށް ގޮވުނީ "އިސްތިއުފާ" އެވެ. އެ ވަގުތު މައިކް ހިފައިގެން އެކްޓިވިސްޓާ ގާތުގައި ތިބި ދެ މީހުން އެކަން ސަމާލުކަމަށް ގެނައުމުންވެސް އޭނާ އަށް އެކަން ފަހުމްވިހެނެ ހިއެއް ނުވެ އެވެ.

އެ ފަހުން 3 ފަހަރުވެސް ގޮވީ "ރައީސް ޔާމީނޭ" އެވެ. ފަހަތުން ސަޕޯޓަރުން ދިޔައީ ފޯރީގައި "އިސްތިއުފާ"އޭ ގޮވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް