ސައްހަ ނޫން ބުކިން އާއިއެކު ރާއްޖެ އެތެރެވާން އުޅުނު 248 މީހުން އަނބުރާ ފޮނުވާލައިފި

ޓޫރިސްޓު ފެސިލިޓީއަކަށް ބުކިން ހަދާފައިވާ ކަމަށް ދައްކައިގެން ރާއްޖެ އެތެރެވާން އުޅުނު 248 މީހަކު އަނބުރާ ފޮނުވާލި ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވ...

16 Jul 2021 | 19:59

ޓޫރިސްޓު ފެސިލިޓީއަކަށް ބުކިން ހަދާފައިވާ ކަމަށް ދައްކައިގެން ރާއްޖެ އެތެރެވާން އުޅުނު 248 މީހަކު އަނބުރާ ފޮނުވާލި ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.

އެމީހުން ބުކިން ހެއްދި ކަމަށް ލިޔުންތަކުގައި ބުނެފައިވަނީ ހޮޓަލަކަށެވެ. އެ އެންމެން ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ހަނަފީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެއަކީ މިގޮތަށް ފޭކް ބުކިން ހަދައިގެން ރާއްޖެއަށް އެތެރެވާން އުޅުނު ގިނަ ބަޔަކު ފޮނުވާލަން ޖެހުނު ދުވަހެއް ކަމަށެވެ.

އަނބުރާ ގައުމަށް ފޮނުވާލީ ކޮން ގައުމެއްގެ މީހުންނެއް ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ. ހަނަފީ ވިދާޅުވީ ރާއްޖޭގެ ބޯޑަރަށް އެފަދަ ގޮތަކަށް އެތެރެވާން އުޅޭ ފަރާތްތަކުން ހުއްޓުވުމުގައި އިމިގްރޭޝަނުން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ހަނަފީ ވިދާޅުވީ ކޯވިޑްގެ ސަބަބުން އިމިގްރޭޝަންގެ އުސޫލުތަކަށް އަންނަ ބަދަލުތައް ހުރިހާ ދަތުރުވެރިން ފުރިހަމައަށް ބެލުމަށް އެދޭ ކަމަށެވެ.

އާ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް އަންނަ ހުރިހާ ޓޫރިސްޓުން ވެސް ކުރިއާލައި ހޮޓެލް ބުކްކުރަން ޖެހޭނެ އެވެ. އަދި އަންނަ ހުރިހާ ޓޫރިސްޓުން ވެސް ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަންޖެހޭނެ އެވެ.

ކޯވިޑްގެ ހާލަތު ގޯސްވުމުން ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އިއްޔެ އަކީ ދެކުނު އޭޝިއާ އިން ރާއްޖެއަށް ޓޫރިސްޓުން އައުމަށް ހުޅުވާލި ދުވަހެ އެވެ.

https://twitter.com/hanafymv/status/1416000722798186497

ސައްހަ ނޫން ބުކިންގައި ރާއްޖެއަށް އެތެރެވާން އުޅުނުއިރު، ނަކަލު ކޮށްފައިވާ ޕާސްޕޯޓާއި ޝަހްސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅޭ ގިނަ އަދަދެއްގެ ބަޔަކު ވެސް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ހިފަހައްޓާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް