ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިލަދުންމަތީ ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހދ. އަތޮޅު ކައުންސިލާއި ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުންތައް ކުރިޔަށް ގެންދިޔައީ ކުޅުދުއްފުށީ ސިޓީގައި އެވެ. ދެ ބައްދަލުވުން ބާއްވާފައިވަނީ ވަކިންނެވެ.
މި ބައްދަލުވުންތަކުގައި އަތޮޅާއި ސީޓީގެ ކަންކަން ތަރައްގީ ކުރުމުގައި ދިމާވެފައިވާ ގޮން ޖެހުންތައް ރައީސާއި ހިއްސާ ކުރެއްވި އެވެ. އަދި ކަންކަން ރަނގަޅު ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
https://twitter.com/presidencymv/status/1416075561265340417
މިބައްދަލުވުންތަކުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް، އިކޮނޮމިކް މިނިސްޓާރު ފައްޔާޒް އިސްމާއީލް އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރް އަބްދުލް ލަތީފާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ބައިވެރިވެވަޑައިގެންނެވި އެވެ.
https://twitter.com/presidencymv/status/1416097835179667458
ރައީސް ސޯލިހު ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންނެނވީ މިއަދު ހަވީރު އެވެ. އެންމެ ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ.
ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި ރައީސް ސޯލިހު ވަނީ ހޮސްޕިޓަލްގެ އެކި ޑީޕާޓްމެންޓުތަކަށް ޒިޔާރަތް ކުރައްވާ މަސައްކަތްތައް ކުރިޔަށް ދާގޮތް ބައްލަވާލައްވާފައި އެވެ. އަދި ހޮސްޕިޓަލްގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައިވެ އެވެ. މީގެ އިތުރުން އެ ހޮސްޕިޓަލަށް އިތުރު ކުރަމުންދާ ބައިގެ މަސައްކަތް ހިނގަމުންދާ ގޮތް އެމަނިކުފާނު ބައްލަވާލެއްވި އެވެ. އެ މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.
https://twitter.com/presidencymv/status/1416005238637531138
ކޯވިޑުގެ ސަބަބުން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތައް މަޑުޖައްސަވާލެއްވުމަށްފަހު، ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވަނީ ކުޅުދުއްފުށީގެ އިތުރުން ހދ. ހަނިމާދޫ އަދި ކުމުންދޫއަށެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ ތިން ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ރައީސް ބައްދަލު ކުރައްވާނެ އެވެ. އަދި އެ ރަށްރަށުގެ ސަރުކާރު މުއައްސަސާތަކަށް ވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް