ނޯތު ހާބަރުން ފޯނެއް ވަގަށްނެގި މީހަކު ހޯދަން ވީޑިއޯއެއް އާއްމުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ މަތީގައިވާ ވީޑިއޯއިން ފެންނަ މީހަކީ 2017 ޖޫން 20 ވަނަ ދުވަހުގެ ރޭ މާލޭ ނޯތްހާބަރު ސަރަހައްދުގެ ގޮނޑިއެއްގެ މަތީގައި ބޭއްވިފައި އޮތް ފޯނެއް ވަގަށް ނެގި މައްސަލައަކާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރެލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ ތަހްޤީޤަށް ހޯދަން ބޭނުންވާ މީހެއް ކަމަށެވެ.
މަތީގައިވާ ވީޑިއޯއިން ފެންނަ މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިވަޑައިގަންނަވާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން 3322111 އަށް ނޫނީ ޖެނެރެލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން އިލްތިމާސްކުރައްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް