ތައުލީމީ ދާއިރާގެ މައުލޫމާތު ފަސޭހަ ކަމާއި އެކު ބެލޭނެ ސިސްޓަމެއް ތައާރަފުކޮށްފި

ރާއްޖޭގެ ތައުލީމާި ދާއިރާ އާއި ގުޅޭ މުހިންމު ހުރިހާ މައުލޫމާތެއް ރައްކާ ކުރެވޭ އަދި ފަސޭހަ ކަމާއި އެކު ބެލޭނެ  ޑޭޓާ ބޭސްއެއް ގާއިމްކޮށްފި އެވެ. މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަ...

17 Jul 2017 | 07:29

ރާއްޖޭގެ ތައުލީމާި ދާއިރާ އާއި ގުޅޭ މުހިންމު ހުރިހާ މައުލޫމާތެއް ރައްކާ ކުރެވޭ އަދި ފަސޭހަ ކަމާއި އެކު ބެލޭނެ  ޑޭޓާ ބޭސްއެއް ގާއިމްކޮށްފި އެވެ.

މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް) ގެ ނަމުގައި ތައާރަފު ކުރި މި ސިސްޓަމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމް އާއި ޔުނިސެފްް ރީޖަނަލް ޑައިރެކްޓާ ޑރ. ޖީން ގޯފެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މީމިސް ސިސްޓަމް މެދުވެރިކޮށް، ދަރިވަރު ސްކޫލަށް ހާޒިރުވާކަން ކަށަވަރުކުރުމާއި ދަރިވަރުންގެ އަހުލާގާއި ކިޔެވުމާއި ސިއްހަތާ ގުޅުންހުރި މައުލޫމާތުތައް ދުވަހުން ދުވަހަށް އެއްކުރެވޭނެ އެވެ. އަދި ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުންގެ މައުލޫމާތު ފަސޭހަ ކަމާއި އެކު އެއް ސިސްޓަމެއްގެ ތެރެއިން ބެލުމުގެ ފުރުސަތު ފަހިވެފައި އޮންނާނެ އެވެ.

މީގެ ކުރިން މިމައުލޫމާތު ތަކަކީ ލިޔެކިޔުމުގައި ބަލަހައްޓަމުން ދިޔަ މައުލޫމާތުތަކެއްކަމުން ރާއްޖޭގެ ތައުލީމީ ދާއިރާގެ ހުރިހާ ކަމެއް ފަސޭހައިން ބެލެހެއްޓުމަކީ އުނދަގޫކަމަކަށް އޮތީވެފައި އެވެ.

މި ސިސްޓަމް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ބޭނުން ކުރަން ފަށާފައިވާއިރު އެ ކަމަށް ސްކޫލުތަކުގެ މުވައްޒަފުން ހޭލުންތެރިކުރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި ކުރިޔަށް އޮތްތާ މަތީ ތައުލީމް ދޭ މަރުކަޒުތަކުގައި ވެސް މި ސިސްޓަމް ބޭނުންކުރެވޭ ގޮތަށް ފުޅާކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ސިސްޓަމް އުފައްދާފައިވަނީ ޔުނިސެފްގެ އެހީތެރިކަމާއި އެކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް