ގާސިމްގެ ހާލު އަންނަނީ ރަނގަޅުވަމުން: އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭ ހޮސްޕިޓަލް އައިސީޔޫގައި ފަރުވާދެމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. ގާސިމްގެ މެއަށާއި ބޮލަށް ތަދުވެ ނޭވާ ކުރ...

17 Jul 2017 | 07:07

އޭޑީކޭ ހޮސްޕިޓަލް އައިސީޔޫގައި ފަރުވާދެމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ގާސިމްގެ މެއަށާއި ބޮލަށް ތަދުވެ ނޭވާ ކުރުވާގޮތް ދިމާވެގެން މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އިއްޔެ މެންދުރު އެވެ. އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އެއާޕޯޓަށް ދިޔަފަހުން ޕާސްޕޯޓު ހިފަހައްޓާފައި އޮވެގެން ނުފުރިގެންނެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ ގާސިމްގެ ސިއްހީ ހާލު މިހާރު ކުރިޔަށްވުރެ ރަނގަޅުވަމުން އަންނަ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއްވައެވެ. ރޭ އައްފާލް ވިދާޅުވީ ގާސިމަށް އޮބްޒަވޭޝަންގައި ފަރުވާދިނުމަށް ފަހު އައިސީޔޫއަށް ބަދަލު ކުރީ ހާލު އިތުރަށް ގޯސްވުމުން އައިސީޔޫގައި ބާއްވައިގެން ފަރުވާ ދިނުން ރަނގަޅުވާނެ ކަމަށް ފެންނާތީ އެވެ.

ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އިއްޔެ މެންދުރުން ފެށިގެން ކަމަށް ޖޭޕީގެ ސެކްރެޓަރީ  ޖެނެރަލް އަހުމަދު ސަމީރު އިއްޔެ ވިދާޅުވި އެވެ. އެކަމަކު ގާސިމަށް އެކަން އެއްވެސް ފަރާތަކުން އަންގާފައި ނުވާކަމަށާއި ފުރަން އެއާޕޯޓަށް ވަޑައިގެންނެވީ ދައުލަތުގެ މުއައްސަސާތަކުން ނަގަން ޖެހޭ ހުއްދަ ނަގައިގެން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް