މިދިޔަ ޑިސެންބަރުގައި ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ހާން ލިބުނުތާ ދެ މަސް ނުވަނީސް ކަރީނާ ކަޕޫރު ހިކެން ކުރަން ފެށި މަސައްކަތުން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވި އެވެ.
ކަރީނާ މިހާތަނަށްވެސް ގެންދަނީ އެންމެ ދުވަހެއްވެއް ވައްޓާނުލާ ބަރާބަރަށް ޖިމްއަށް ދަމުންނެވެ. އޭނާ ޖައްސާކަމަށްވަނީ ވަރަށް ވަރުގަދަ ކަސްރަތުތަކެކެވެ. އޭގެ ސަބަބުން މިފަހަކަށް އައިސް ކަރީނާ ބަލިވުންވެސް ވަނީ އިތުރުވެފައި އެވެ.
ބަނޑުބޮޑު ދުވަސްވަރާއި ގުޅޭގޮތުން ލިޔުންތެރިއަކު ލިޔުނު ފޮތެއް ނެރުމުގެ ހަފްލާގައި ވާހަކަދައްކަމުން ކަރީނާ ބުނީ އޭނާ ޖިމްއަށް ދަނީ އުފާވެރިކަން އިހުސާސްވާތީ ކަމަށެވެ. އޭނާ ބުނެފައިވަނީ ތައުމޫރު ގެންގުޅޭ މީހާ އާއި ހަވާލުކޮށްފަ އޭނާ ކޮންމެ ދުވަހަކު ޖިމްއަށް ދާކަމަށް ބުނެ ނޫސްތަކަށް އަންހެނުން ކޮށްފައި ހުންނަ ކޮމެންޓުތައް ފެނި ހައިރާންވެ، އެފަދަ ކޮމެންޓުތައް ކުރާ މީހުންނަކީ ގަމާރުންގެ ގޮތުގައި ސިފަ ކުރެވޭ ކަމަށެވެ.
ދަރިއަކު ލިބުމަކި އުފާވެރިކަން އިހުސާސް ވުމުން މަހުރޫމުވާން ޖެހޭ ކަމެއް ނޫންކަން ފާހަގަ ކުރަމުން ކަރީނާ ބުނެފައިވަނީ އޭނާ ޖިމްއަށް ގޮސް ކުރާ ކަސްރަތުތަކުގެ ސަަބަބުން ސިކުނޑި ހަމަޖެހިފައި ހުރުމުން ތައިމޫރުގެ ސިއްހަތު ރަނގަޅުވެ އުފާވެރިކަން ފެންނަ ކަމަށެވެ.
އިތުރަށް ބުނެފައިވަނީ އޭނާ އަކީ އެންމެ ހަމަޖެހިގެން އުޅޭ އަންހެނާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް