މިއަދުން ފެށިގެން މޯލްޑިވިއަންގެ ދަތުރުތަކުގެ އަގުން 100 ވަރަކަށް ރުފިޔާ ހެޔޮވާނެ

ގައުމީ އެއާލައިން މޯލްޑިވިއަންއިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ނަގަމުން އަންނަ  އަގު މިއަދުން ފެށިގެން ހެޔޮ ކޮށްފި އެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މި ބަދަލު ގެންނަން ނިންމީ ތެލު...

17 Jul 2017 | 03:00

ގައުމީ އެއާލައިން މޯލްޑިވިއަންއިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ނަގަމުން އަންނަ  އަގު މިއަދުން ފެށިގެން ހެޔޮ ކޮށްފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މި ބަދަލު ގެންނަން ނިންމީ ތެލުގެ އަގަށް ގެނައި ހެޔޮ ބަދަލާއި ގުޅިގެންނެވެ. އަދި އެމްއޭސީއެލްއިން ވަނީ އެތެރޭގެ އުދުހުންތަކަށް ވިއްކާ ޖެޓް ފިއުލްގެ އަގު 10.76 އަށް ހެޔޮކޮށްފައި އެވެ.

އެތެރޭގެ އުދުހުންތަކުގެ އަގަށް ގެނައި ބަދަލާއި އެކު މިއަދުން ފެށިގެން މާލެއިން ގަމަށާއި ފުވައްމުލަކަށް ދިއުމަށް ކޮޅަކަށް ނަގާނީ 898 ރުފިޔާއެވެ. މާލެއިން އިފުރަށާއި ދަރަވަންދޫއަށް ދިއުމަށް ނަގާނީ 799 ރުފިޔާ އެވެ.

ކާޑެއްދޫއަށާއި ކޫއްޑޫ އަށް ދިއުމަށް ކޮޅަކަށް ނަގާނީ 876 ރުފިޔާ އެވެ. މާލެ އިން ކައްދު އަށާއި ތިމަރަފުއްޓަށް ނަގާނީ 854 ރުފިޔާ އެވެ.

މާލެ އިން ހަނިމާދޫ އަށް ދިއުމަށް ކޮޅަކަށް 854 ރުފިޔާ އެވެ. އަދި ދަރަވަންދޫއަށް ދިއުމަށް 598 ރުފިޔާ އެވެ.

އެ ކުންފުނިން ބުނީ އަގުތަކަށް ގެނެވުނު ބަދަލާއި އެކު ކުރިން އެތެރޭގެ އުދުހުންތަކުގެ ދަތުރުތަކުން ނެގި އަގުން 100 ވަރަކަށް ރުފިޔާ ހެޔޮކޮށްފައިވާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ މިއަދުން ފެށިގެން އައިލެންޑް އޭވިއޭޝަންގެ ޓިކެޓިން އޮފީސްތަކުންނާއި އޭޖެންޓުން މެދުވެރިކޮށް މިއަދުތަކުގައި ޓިކެޓް ލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް