އައްޑޫ ސިޓީ ހިތަދޫގައި ރޭ ދަންވަރު ތިން ގެއެއްގައި އޮތް ތިން ކާރެއްގައި ބަޔަކު ރޯކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިހާދިސާގެ ރިޕޯޓުކޮށްފައިވަނީ ދަންވަރު 12:11 ހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ ރޯކޮށްލާފައިވަނީ ތިން ކާރުގެވެސް އިންޖީނުގައި ކަމަށެވެ.
ކާރުތަކުގައި ރޯކޮއްލި އަލިފާންގަނޑު ނިއްވާލީ ގޭގޭގެ މީހުންނާއި ފުލުހުން ގުޅިގެންނެވެ.
މި މައްސަލައިގަ ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވެ އެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ ދެ ފިރިހެނުން ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް