ހާލުދެރަ ބަލިމީހަކު ގޮވައިގެން ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ
ހާލުދެރަ ބަލި މީހަކު ގޮވައިގެން ނ.މިލަދޫން އެ އަތޮޅު މަނަދުއަށް ދަތުރުކުރި ލޯންޗެއް، މަނަދޫ ކަނޑުތޮށީގެ ފައިކަށީގައި ޖެހި އަޑީއަށް ހިނގައްޖެ އެވެ.
ބަލިމީހާއާއެކު ނުވަ މީހަކު މި ލޯންޗުން ދަތުރު ކުރިއިރު ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަޑިއަށްދިޔައީ މިލަދޫ "މޫސުން" ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ. އައި އެ ލޯންޗް ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން މަނަދޫ ހޮސްޕިޓަލްގެ މެނޭޖަރު އިބްރާހިމް ނަޝީދު ވިދާޅުވީ ހޮސްޕިޓަލަށް ގެނައި ބަލި މީހާގެ ހާލު ރަނގަޅު ކަމަށް، އެމީހާ ހޮސްޕިޓަލަށް ގެނައީ މާ ގަދަޔަށް ހޮޑުލެވޭތީ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ދިގުމިނުގައި 20 ފޫޓު ފުޅާމިނުގައި 5 ފޫޓު 11 އިންޗި ހުންނަ އެ ލޯންޗު އަޑިއަށްދިޔައީ މަނަދޫ ކަނޑުތޮށީގެ ފައިކަށީގައި ޖެހި ލޯންޗްގެ ބަނޑުފިލާ ފަޅައިގެން ދިއުމުގެ ސަބަބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް