ކުޑަކުއްޖަކު ދުއްސި ސައިކަލަކުން ޖެހި ފިހާރައެއްގެ ބިއްލޫރިގަނޑެއް ތެޅި އެ ދެކުދިން ޒަހަމްވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުޥީ ޝަހީދުއަލީ ހިނގުމާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ހުންނަ ފިހާރައެއްގެ ބިއްލޫރިގަނޑެއްގައި ސައިކަލެއް ޖެހުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ.
ސައިކަލުގައި ތިބި ދެކުދިންނަކީ 18 އަހަރު ނުފުރޭ ދެކުދިން ކަމަށާއި އެކުދިންނަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ދެކުދިންނަށް ލިބުނު ޒަހަމްގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް