އަނިޔާގެ ސަބަބުން، ލިވަޕޫލާ ދެކޮޅަށް ކުޅެން ލިބުނު ފުރުސަތު ދަގނޑޭއަށް ގެއްލިއްޖެ

މި މަހުގެ 24 ވަނަ ދުވަހު އިނގިރޭސި ކްލަބު ލިވަޕޫލާ ދެކޮޅަށް، މެލޭޝިއާއިން ހޮވާލެވޭ ޓީމު ކުޅޭ މެޗުން އެ ގައުމުގެ ޕީޑީއާރްއެމްއަށް ކުޅޭ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ލިބުނ...

17 Jul 2015 | 08:48

މި މަހުގެ 24 ވަނަ ދުވަހު އިނގިރޭސި ކްލަބު ލިވަޕޫލާ ދެކޮޅަށް، މެލޭޝިއާއިން ހޮވާލެވޭ ޓީމު ކުޅޭ މެޗުން އެ ގައުމުގެ ޕީޑީއާރްއެމްއަށް ކުޅޭ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ލިބުނު ފުރުސަތު، ދަނގަޑޭއަށް އަނިޔާ ލިބުމުގެ ސަބަބުން ގެއްލިއްޖެ އެވެ.

ދަގަނޑޭގެ ރަސްމީ ފޭސްބުކް ޕޭޖްގައި ލިޔެފައިވަނީ މާލޭގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކެއްގައި ކަކުލަށް އަނިޔާވެފައި ވާކަމަށެވެ. އަދި އަންނަ ހުކުރު ދުވަހު ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅެވޭނެ ކަމަށެވެ.

https://www.facebook.com/AliAshfaq07/posts/901359169937106

ދަގަނޑޭ އަށް މި ފުރުސަތު ދިނީ މެލޭޝިއާ ގައުމީ ކޯޗު ޑޮލާ ސަލާ އެވެ. އޭނާއަކީ މިދިޔަ ސީޒަނުގައި ޕީޑީއާރްއެމްއަށް އިރުޝާދުދިން ކޯޗެވެ.

“ލިވަޕޫލާ ދެކޮޅަށް ކުޅޭ މެލޭޝިއާ ޓީމުން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް. މިއީ އަހަންނަށް އަނެއްކާ ވެސް ލިބުނު ރަނގަޅު ފުރުސަތެއް،” ދަގަނޑޭ ޓްވީޓްކޮށްފައިވެއެވެ.

މި މެޗަށް ނެގި 20 ކުޅުންތެރިންގެ ސްކޮޑުގައި ދަގަނޑޭއާ އެކު ބިދޭސީ ފަސް ކުޅުންތެރިން ހިމެނެ އެވެ. އެ ކުޅުންތެރިންނަކީ ޓޮޓެންހަމް މެޗުން ވެސް ފުރުސަތު ދިން ސެލަންގޯގެ ރޮބަޓް ކޯންތުވައިސްޓޭ އާއި ޕެރާކުގެ ތިއާގޯ ޖޫނިއާ އަކުއިނޯ އާއި އަލަށް ނެގި ދެ ކުޅުންތެރިން ކަމަށްވާ ޕަހަންގުގެ ޑިކްސަން ވަކައެމޭ އާއި ފެލްޑާ ޔުނައިޓެޑުގެ ޒާހު ރަހާން ކްރާންގެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް