އިތުރު ތަމްރީނުތަކަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމު ލަންކާއަށް ފުރައިފި

ރިޔޫނިއަންގައި އަންނަ މަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ސްރީލަންކާގައި ކޭމްޕްކުރުމަށް ފުރައިފި އެވެ. މިއަ...

17 Jul 2015 | 07:05

ރިޔޫނިއަންގައި އަންނަ މަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ސްރީލަންކާގައި ކޭމްޕްކުރުމަށް ފުރައިފި އެވެ.

މިއަދު މެންދުރު ލަންކާއަށް ފުރި ގައުމީ އަންހެން ޓީމުގައި ހިމެނެނީ 20 ކުޅުންތެރިންނެވެ.

ޓީމާއެކު ގައުމީ އަންހެން ޓީމުގެ ޖަޕާން ކޯޗު ނައޯކޯ ކަވަމޯޓޯ ވެސް ވަނީ ބައިވެރިވެފައެވެ. ގައުމީ އަންހެން ފުޓްބޯޅަ ޓީމު ލަންކާގައި ތަމްރީންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮލަމްބޯގައެވެ.

އައިއޯއައިޖީގައި ރާއްޖޭގެ ގައުމީ އަންހެން ޓީމު އޮތީ ގްރޫޕް އޭޭގައެވެ. މި ގްރޫޕްގައި ރާއްޖެ ނުކުންނަން ޖެހޭނީ ޔޯޓޭ އަދި ޝީޝެލްސްއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް