ވެޓެރަންސް ކަޕްގެ ޗެމްޕިއަންކަން ވެލެންސިއާ ހޯދައިފި

މައިލޯ ވެޓަރަންސް ކަޕްގެ ފައިނަލްގައި ސޮކާ ވެޓަރަންސް އެސޯސިއޭޝަން އޮފް މޮލްޑިވްސް (އެސްވީއެމް) ބަލިކޮށް ކުލަބު ވެލެންސިއާ މުބަރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. މައިލޯ ޓާފް ދަނޑުގައި މިއަދު ހަވީރު ...

17 Jul 2015 | 07:01

މައިލޯ ވެޓަރަންސް ކަޕްގެ ފައިނަލްގައި ސޮކާ ވެޓަރަންސް އެސޯސިއޭޝަން އޮފް މޮލްޑިވްސް (އެސްވީއެމް) ބަލިކޮށް ކުލަބު ވެލެންސިއާ މުބަރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މައިލޯ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މިިމުބާރާތުގެ ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ސޮކާ ވެޓެރަންސްގެ މައްޗަށް ވެލެންސިއާ ކުރި ހޯދީ 3-1 ލަނޑުންނެވެ.

މިމެޗުގައި ވެލެންސިއާގެ ފުރަތަމަ ލަނޑު އަހްމަދު ނަސީމް ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަޝްރަފް ލުޠުފީ (ސަމްޕަތު) އެވެ. އަދި ވެލެންސިއާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހުތާރު ނަސީރު (ޓޫކިލޯ) އެވެ. މެޗުގައި ސޮކާ ވެޓެރަންސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ނިޒާމް (ތޮއްޑޫ) އެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވުނީ ވެލެންސިއާގެ އަސްލަމް އަބްދުލް ރަހީމް އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ވެލެންސިއާގެ މުހައްމަދު ޖަމީލް (ޖަމްބެ) ހޮވުނުއިރު، އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ އައްސަދު އަބްދުލް ގަނީ އެވެ.

އެންމެ މޮޅު ފޯވާޑަށް މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ސޮކާ ވެޓަރަންސްގެ އަލީ ޝަމީމް (ކޮޔަރު އައްޔަ) ހޮވުނުއިރު، 50 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލެންސިއާގެ މޫސާ މަނިކު (ކުޑަ މޫސަ) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ވެލެންސިއާގެ މުހުތާރު ނަސީރު (ޓޫކިލޯ) އަށެވެ. މިމުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ވެސް ޗެމްޕިއަންކަން ހޯދި ވެލެންސިއާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް