ހާލުގައި ޖެހުނު ލޯންޗެއްގައި ތިބި ބަޔަކު މާލެ ގެނެސްފި

ހާލުގައި ޖެހުނު ލޯންޗެއްގައި ތިބި ބަޔަކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު މާލެ ގެނެސްފިއެވެ. އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވި ގޮތުގައި، މިރޭ މާލޭ އޭރިއާ ކޯސްޓްގ...

17 Jul 2015 | 00:57

ހާލުގައި ޖެހުނު ލޯންޗެއްގައި ތިބި ބަޔަކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވި ގޮތުގައި، މިރޭ މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ދެ ހާބަރކްރާފްޓްގައި މާލެ ގެނެސްފައިވަނީ އއ.ރަސްދޫން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ "އޯކިޑް ދުވެލި 1" ނަމަކަށް ކިޔާ ލޯންޗެއްގައި ތިބީ 24 މީހުން ކަމަށެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނޭކަމަށާއި މި ލޯންޗުގައި ތިބި އެންމެންގެ ހާލު ރަނގަޅުކަމަށްވެސް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވައެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން އެމްއެންޑީއެފް ހާމަކުރެއްވި ގޮތުގައި، މިލޯންޗު ހާލުގައި ޖެހިފައިވަނީ އއ.ރަސްދޫން ފުރައިގެން މާލެ އައުމުގެ މަގުމަތީގައި އެ ލޯންޗުގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. "އޯކިޑް ދުވެލި 1" ލޯންޗު ހާލުގައި ޖެހުމާއި ގުޅިގެން އއ.ރަސްދޫ ކައުންސިލް މެދުވެރިކޮށް މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް މިމަޢުލޫމާތު ވަނީ ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މާލެއިން ކޯސްޓްގާޑުގެ ހާބަރކްރާފްޓް ދެ ލޯންޗުގައި އެސަރަޙައްދަށްގޮސް، ހާލުގައި ޖެހުނު މީހުން މާލެ ގެނެސްފައިވަނީ މިރޭ ގާތްގަނޑަށް 11:30 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް