މާލެއިން އަންހެނަކު ގެއްލިގެން ހޯދަމުން އަންނަކަމުގައި ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ 18 އަހަރުގެ އަންހެނަކު ގެއްލިފައިވާ މައްސަލަ މިއަދު މެންދުރު 01:00 ހާއިރު ރިޕޯޓްކޮށްފައިވާކަމަށާއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ހޯދަމުންދަނީ ހޯމަ ރޭ ގެއިން ނިކުތްގޮތަށް ޚަބަރެއް ވެފައިނުވާތީ ޢާއިލާއިން ރިޕޯޓުކުރުމުން" ފުލުހުން ބުނެފައިވެއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 18 އަހަރުގެ އާއިޝަތު ލަމްޔާ ނަމަކަށް ކިޔާ އަންހެނެކެވެ. އެ އަންހެން މީހާ ހޯދަން ސޯޝަލް މީޑިއާގައި އަންހެން މީހާގެ ފޮޓޯއާއެކު ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެންމެ ފަހުން ފެނިފައިވަނީ ހޯމަ ދުވަހުގެ ރޭ 09:30 ހާއިރު ދިލްބަހާރުމަގު، މައްޗަންގޯޅި ސަހަރާ ކަންމަތިން ކަމަށާއި އޭރު ލައިގެން ހުރީ ކަޅު ޖީންސަކާއި ހުދު ޓޮޕެއް ކަމަށެވެ. އަޅައިގެން ހުރީ ކަޅު ޝޯލެއް ކަމަށާއި އަރައިގެން ހުރީ ހުދު ފައިވާނަކަށް ކަމުގައިވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ.
އަންހެން މީހާގެ ޚަބަރެއް ވެއްޖެނަމަ 9661230 ނުވަތަ 9959907 އަށް ޚަބަރެއް ވުމަށް ވެސް އެ ޕޯސްޓްގައި އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް