ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އީވާ އަބްދުﷲ ހިމެނިވަޑައިގަންނަވާހެން، ދަ ޑިމޮކްރެޓްސްގެ މެންބަރުން އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅޭ ގޮތަށް ގަރާރެއް ފާސްކޮށްފިއެވެ.
ޑިމޮކްރެޓްސް އިން މިގޮތަށް ނިންމާފައިވަނީ މިއަދު ފާސްކުރި ގަރާރެއްގައެވެ.
އެ ގަރާރަކީ ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީއަށް މިއަދު ހުށަހަޅައިގެން ފާސްކުރި ގަރާރެކެވެ.
އެ ގަރާރުގައި ބުނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމި އޮތުމަށް އަދި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިާސީ ނިޒާމާމެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށެވެ.
އެހެންކަމުން އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލުކުރުމަށް، ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން އިގުރާރުވާކަމަށެވެ.
މި ގަރާރަށްފަހު ޑިމޮކްރެޓްސް ވުޖޫދުގައި އޮންނާނެތޯ އުފެދޭ ސުވާލަށް އަދި ޑިމޮކްރެޓްސް އިން ޖަވާބެއް ނުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް