އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އަންގާރަ ދުވަހު ޓެލް އަވީވުގައި ހުރި އިސްރާއީލުގެ މުހިންމު ޖާސޫސީ މަރުކަޒުތަކަކަށް ހަމަލާދީފިއެވެ. މިއީ އިރާނުން އިސްރާއީލާއި ދެކޮޅަށް ހޯދި މުހިންމު ކާމިޔާބީއެކެވެ.
ޓީވީން ދެއްކި ބަޔާނެއްގައި، އައި.އާރު.ޖީ.ސީ އިން ބުނެފައިވަނީ އެމީހުން ހަމަލާދީފައިވަނީ "ޒަޔަނިސްޓް ވެރިކަމުގެ އަސްކަރިއްޔާގެ ސިފައިންގެ އިންޓެލިޖެންސް މަރުކަޒަކަށް (އަމާން)" އަދި "މޮސާދުގެ ޓެރަރިސްޓު ހަރަކާތްތައް ރާވާ މަރުކަޒަކަށް" ކަމަށެވެ. އަދި މި ދެ ތާގައިވެސް އަލިފާން ރޯވެފައިވާކަމަށް އެފަރާތުން ބުނެފައިވެއެވެ. މި ހަމަލާ އައިސްފައި މިވަނީ ފާއިތުވި ދުވަސްތަކުގައި ދެފަރާތުންވެސް މިސައިލް ހަމަލާދިނުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެ، އަދި ސަރަހައްދުގެ ހަމަނުޖެހުން ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
މޮސާދުގެ މަރުކަޒަށް ކަމަށް ބުނެ ދީފައިވާ މި ހަމަލާ އައިސްފައިވަނީ އިސްރާއީލުން ދޭ ވައިގެ ހަމަލާތަކަށް ރައްދު ދިނުމަށް އީރާނުން ދޭ އިންޒާރުތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި މިއީ އިސްރާއީލުގެ އިންޓެލިޖެންސް އަދި ދިފާއީ ވަސީލަތްތަކަށް ސީދާ ގޮންޖެހުމެކެވެ.
އައި.އާރު.ޖީ.ސީ އިން ބުނާ ގޮތަށް ހަމަލާ ދީފައިވާކަމާ މެދު އިސްރާއީލުގެ އިސް ފަރާތްތަކުން އަދި އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ. ނަމަވެސް ތެލް އަވީވް ކައިރީގައިވާ ހެރްޒްލިޔާ އިން ދުން އަރާތަން ފެނުމާއެކު، ކުއްލި ހާލަތުގެ ޚިދުމަތްތައް އެތަނަށް ޖަމާވެފައިވާތަން ފެނިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް