ޣައްޒާގެ ހަނގުރާމަ ކުރިއަށް ގެންދާނަމަ، އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ޔޫރަޕިއަން ޔޫނިއަނުން ފިޔަވަޅު އަޅަންވާނެ ކަމަށް ސްޕެއިންގެ ހާރިޖީ ވަޒީރު ޖޯސޭ މެނުއެލް އަލްބާރެސް ވިދާޅުވެއްޖެއެވެ. އަންގާރަ ދުވަހު ބްލޫމްބާގް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަލްބާރެސް ވިދާޅުވީ، އިސްރާއީލުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ ކަމުގައިވާ ޔޫރަޕިއަން ޔޫނިއަނުން 2022 ވަނަ އަހަރު ރަޝިޔާ ޔުކްރެއިނަށް އަރައިގަތުމުން އެޅި ފިޔަވަޅުތަކާ އެއްފަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
"އަހަރެމެންގެ ޔޫރަޕިއަން ޔޫނިއަންެއިން، މި ހަނގުރާމަ ކުރިއަށްދާހާ ހިނދަކު އިސްރާއީލަށް ހަތިޔާރު ނުވިއްކުމަށް ލާޒިމްކުރަންޖެހޭ" ކަމަށް އަލްބާރެސް ވިދާޅުވިއެވެ.
އިސްރާއީލާއި އީރާނާ ދެމެދު އޮތް ހޮތް ހަމަނުޖެހުން މައިތިރިކުރުމަށް ކުރިއެރުމެއް ނުލިބޭތީ ކަންބޮޑުވާ ކަމަށްވެސް ސްޕެއިންގެ ވަޒީރު ވިދާޅުވިއެވެ. އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމަށް ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރުކުރުމަށް އޭނާ ގޮވާލެއްވިއެވެ.
އަލްބާރެސްގެ މި ބަސްފުޅުތައް އައިސްފައިވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ ހަނގުރާމަ ކުރިއަށްދާ އަދި އީރާނަށް ދެމުންދާ ހަމަލާތައް އިތުރުކުރަމުންދާ ހިނދު، ދެ ހަނގުރާމަވެސް ހުއްޓާލާނެކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ދަނޑިވަޅެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް