އިސްރާއީލުން އިރާނުގެ ހުޅަނގު ސަރަޙައްދުތަކަށް "ވަރުގަދަ" ޙަމަލާތަކެއް ދޭން ފަށައިފި

އިސްރާއީލުން އިރާނުގެ ހުޅަނގު ސަރަޙައްދުތަކުގައި ހުރި އަސްކަރީ އަމާޒުތަކަށް އަލުން "ވަރުގަދަ" ޙަމަލާތަކެއް ދޭން ފަށައިފިއެވެ. މިއީ ދެ ޤައުމުގެ މެދުގައި ހަނގުރާމަ ކުރިއަށްދާތާ ފަސްވަނަ ދުވަހެވެ. އަންގާ...

17 Jun 2025 | 07:42

އިސްރާއީލުން އިރާނުގެ ހުޅަނގު ސަރަޙައްދުތަކުގައި ހުރި އަސްކަރީ އަމާޒުތަކަށް އަލުން "ވަރުގަދަ" ޙަމަލާތަކެއް ދޭން ފަށައިފިއެވެ. މިއީ ދެ ޤައުމުގެ މެދުގައި ހަނގުރާމަ ކުރިއަށްދާތާ ފަސްވަނަ ދުވަހެވެ.

އަންގާރަ ދުވަހުގެ ފަތިހު އިސްރާއީލުގެ ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ޙަމަލާތަކުގައި ބިމުން ބިމަށް ހަމަލާދޭ މިސައިލްތައް ރައްކާކޮށްފައި ހުންނަ އަދި ދޫކުރާ އެތައް ސަތޭކަ ތަނަކާއި އަދި ބިމުން ވައިގެ މަތިންދާ ބޯޓުތަކަށް އަމާޒުކުރާ މިސައިލް ސިސްޓަމްތަކާއި ޑްރޯން ރައްކާކުރާ ތަންތަން ހަލާކުކޮށްލާފައިވެއެވެ. އަދި ސިފައިންގެ ފަރާތުން އެކި ބާވަތުގެ މިސައިލް ދޫކުރާ ސިސްޓަމްތަކަށް މިސައިލް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވައިގެ މަތިން ނަގާފައިވާ ވީޑިއޯއެއްވެސް ދައްކާފައިވެއެވެ.

މިކަމާ ގުޅުންހުރި ހަމަލާއެއްފައި، އިރާނުގެ ހުޅަނގު އުތުރުގައި އޮންނަ ތަބްރީޒް ސިޓީގައި ދެ ފަހަރެއްގެ މަތިން ގޮވުމުގެ އަޑު އިވިފައިވެއެވެ. މި ސިޓީގައި އިސްރާއީލުގެ ބާރުތަކުން ކުރިން އަމާޒުކޮށްފައިވާ މުހިންމު އެއަރ ފޯސް ބޭސްއެއް ހުރެއެވެ. މަންޒަރު ދުތް ފަރާތްތަކުން އެ ސަރަޙައްދުން ބޯ ދުމެއް އަރަމުންދިޔަ ކަމަށް ބުނެފައިވެއެވެ.

މި އެންމެ ފަހުގެ ޙަމަލާތައް އައިސްފައިވަނީ ހޯމަ ދުވަހު އިސްރާއީލުން ޓެހެރާނުގައި ހުރި އިރާނުގެ ދައުލަތުގެ ޓީވީ މައި މަރުކަޒަށް ދިން ބޮޑު ޙަމަލާއަކަށް ފަހުގައެވެ. މި ޙަމަލާއާ ގުޅިގެން ދެ ފަރާތުންވެސް ރޭގަނޑު މިސައިލް ދިފާޢީ ނިޒާމުތައް އެކްޓިވޭޓްކޮށްފައިވެއެވެ.

ބައިނަލްއަޤްވާމީ ފަރާތްތަކުން ހަނގުރާމަ ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުވަމުން ދިޔަ ނަމަވެސް، އިރާނާއި އިސްރާއީލުން ދަނީ އެކަކު އަނެކަކަށް ޙަމަލާ ދެމުންނެވެ. މި ހަނގުރާމަ ފެށުނީ ހުކުރު ދުވަހު އިސްރާއީލުން އިރާނުގެ ނިއުކްލިއަރ އަދި އަސްކަރީ މަރުކަޒުތަކަށް ބޮޑު ވައިގެ ޙަމަލާއެއް ދިނުމުންނެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް ނުދޭ ވަރުގެ ޙަމަލާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް