ޔުމްނު ވެއްޓުނު ހާދިސާގެ ރިޕޯޓު ރައީސަށް އަރުވައިފި!

ހ.ފެންޓެނޯއީ ގެއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގެ  މައްސަލަ ބެލުމަށް ރައީސް އުފެއްދެވި އިންކުއަރީ ކޮމިޝަނުން އެ މަސައްކަތް ނިންމައި، އޭގެ ފައިނަލް ރިޕޯޓް ރައީސް ޑރ...

17 Jun 2025 | 07:14

ހ.ފެންޓެނޯއީ ގެއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގެ  މައްސަލަ ބެލުމަށް ރައީސް އުފެއްދެވި އިންކުއަރީ ކޮމިޝަނުން އެ މަސައްކަތް ނިންމައި، އޭގެ ފައިނަލް ރިޕޯޓް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މިއަދު އަރުވައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އެ ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

"މި ކޮމިޝަނާ ޙަވާލުކުރެވުނު މަސައްކަތް ނިންމައި، ކޮމިޝަނުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައިފީމެވެ". އެ ކޮމިޝަނުން ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.

ހ.ފެންޓެނޯއީ ގެއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ހިނގީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ.

އެ މައްސަލައިގާ ފުލުހުންގެ ތަޙުޤީޤާއިމެދު އާންމުން އިންތިހާއަށް ސުވާލު އުފައްދަމުންދިޔަ ދަނޑިވަޅެއްގައި ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ ބެއްލެވުމަށް ޚާއްޞަ ކޮމިޝަނެއް އެކުލަވައިލެއްވީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުގައެވެ.

އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ފަސް ބޭފުޅުންނަކީ:-

  • ކޮމިޝަންގެ ރައީސްގެ ގޮތުގައި ޑރ. މުޙައްމަދު މުނައްވަރު
  • ކޮމިޝަންގެ މެންބަރުގެ ގޮތުގައި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަށް އަޙްމަދު މުޙައްމަދު
  • ކޮމިޝަންގެ މެންބަރުގެ ގޮތުގައި ޑރ. މޫސާ މުރާދު
  • ކޮމިޝަންގެ މެންބަރުގެ ގޮތުގައި ޖަބީން މުޙައްމަދު
  • ކޮމިޝަންގެ މެންބަރުގެ ގޮތުގައި އާމިނަތު އީނާސް

މި މައްސަ ފުލުހުންވެސް ތަޙުޤީޤު ކުރަމުން އަންނައިރު މި މައްސަލައިގާ، ޔުމްނު ވެއްޓުނު ރޭ ޔުމްނުއާއެކު އުޅުނު ރައުދު ހައްޔަރުކޮށް މައްސަލަ ތަޙުޤީޤުކޮށް ރައުދުގެ މައްޗަށް ދަޢުވާ ކުރުމަށްވެސް ފުލުހުން ޕީޖީއަށް ފޮނުވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް