ކައުންސިލަރުންނަށް ޚާއްސަ ޚަތީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކައުންސިލަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ ޚަތީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން މިއަދު ކުރި އިއުލާނުގައި ބުނީ ކައުންސިލަ...

17 Jun 2025 | 06:16

ކައުންސިލަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ ޚަތީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން މިއަދު ކުރި އިއުލާނުގައި ބުނީ ކައުންސިލަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ ޚަތީބުކަމުގެ ކޯހުގައި ބައިވެރިވެވޭނީ ފިރިހެން ކައުންސިލަރުންނަށް އެކަނި ކަމަށެވެ.

އަދި އެ ޕްރޮގްރާމް ކުރިއަށްގެންދާނީ 15 ހަފްތާގެ މުއްދަތަކަށް ކަމަށާއި ކޯހުގެ ޖާގައިގެ އަދަދަކީ 50 ކަމަށް އެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.

އެގޮތުން މި ޕްރޮގްރާމްގައި ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށާއި ކިޔެވުން ކުރިއަށް ގެންދާނީ ބަންދު ނޫން ހުރިހާ ދުވަހެއްގެ ރޭގަނޑު 8:30 އިން 10:30 ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މި ކޯހަށް މީހުން ހޮވުމުގައި ބަލާނީ ގުރުއާން ފަރިތަކަމާ އެކު ކިޔަން އެނގުމާއި ދިވެހި ބަހާއި އަރަބި ބަހުގެ ކިޔުން ފަރިތަ ކަމަށް ކަމުގައިވެސް އެެ އިއުލާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މި ކޯހުގައި ބައިވެރިވާން ސީވީ އާއި އައިޑީކާޑު ފަދަ ތަކެތި ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ 1:00 ގެ ކުރިން ކަމަށްވެސް އެެ އިއުލާނުގައި ބުނެފައިވެއެވެ.

މި ކޯހަށް މީހުން ހޮވުމަށް ބަސްދީގަތުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޖޫން 29 އަދި 30 މި ދެ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް