ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހަނިމާދޫ ކައުންސިލަށް 50 ބަނބުކެޔޮ ގަސް ހަދިޔާކޮށްފި

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހދ. ހަނިމާދޫ ކައުންސިލަށް 50 ބަނބުކެޔޮ ގަސް ހަދިޔާކޮށްފިއެވެ. އެ ވުޒާރާއިން ބުނީ މިއީ ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ ގ...

17 Jun 2025 | 04:19

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހދ. ހަނިމާދޫ ކައުންސިލަށް 50 ބަނބުކެޔޮ ގަސް ހަދިޔާކޮށްފިއެވެ.

އެ ވުޒާރާއިން ބުނީ މިއީ ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ ގަސްތަކެއް ކަމަށެވެ.

އެކަމަށްޓަކައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި ބޭއްވި ރަސްމިއްޔާތުގައި ބަނބުކެޔޮ ގަސްތައް ކައުންސިލާއި ހަދިޔާކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އެވެ.

ވަޒީރު ޑރ. މާރިޔާ ހަނިމާދޫއަށް ޒިޔާރަތް ކުރެއްވީ ހދ. އަދި ހއ. ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ޒިޔާރަތުގައި ވަޒީރު ވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި ދަނޑުވެރިކަމުގެ އެކި މަޝްރޫއުގެތެރެއިން ހައްދާފައިވާ ގަސްތައް ބައްލަވާލައްވަވާ، އެ މަޝްރޫޢުތަކާއި ބެހޭ މަޢުލޫމާތުތައް އޮޅުންފިލުވާފައެވެ.

ވަޒީރު ޑރ. މާރިޔާގެ މި ދަތުރުފުޅަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތައް ބަލައި، އެ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަކީ ރާއީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް