މައްކާގެ ހޫނުމިން ވަރަށް ގަދަވެފައިވާ ދަނޑިވަޅެއްގައި މިއަދު މައްކާގެ ބިމަށް ބޯކޮށް ވާރެ ވެހިއްޖެއެވެ.
މައްކާގެ ހޫނުގަދަކަމުން ސައުދީގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ހޫނުގަދަ ވަގުތު ތަކުގައި ބޭރަށް ނުނިކުތުމަށް ޙައްޖުވެރިންނަށް އަންގާފައެވެ.
މައްކާގެ ހޫނުމިން ވަނީ 47 ޑިގްރީ ސެލްސިއަސްއަށް އަަރައިގެން ގޮސްފައެވެ. ހޫނު އެންމެ ގަދަވާ ވަގުތުތަކުގައި އިހްސާސް ކުރެވޭ ހޫނުމިން 70 އާއި ގާތްކުރާނެކަމަށް ސައުދީގެ މެޓުން ކުރިން ވަނީ ބުނެފައެވެ.
ހޫނު ގަދަވުމުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހިގެން ބައެއް ޙައްޖުވެރިން ނިޔާވެފައިވާ ކަމަށް ބައެއް މަސްދަރުތަކުގައި ބުނެފައިވެއެވެ. ސައުދީގެ އޮފިޝަލަކު ޕްރެސް (އޭޕީ) އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހޫނާއި ގުޅިގެން ފަރުވާ ހޯދާފައިވާ އަދި ހޯދަމުން އަންނަ މީހުންގެ ޖުމްލަ އަދަދު 10 ހާހުން މަތީގައި އުޅޭ ކަމަށެވެ.
މައްކާގެ ފިނިހޫނު މިން މި ވަގުތު ހުރީ 39 ޑިގްރީ ސެލްސިއަސްގައެވެ. މިގޮތުން ގަދަ ހޫނަށް ފަހު މިއަދާއި މިރޭވަނީ މައްކާއަށް ބޯކޮށް ވާރޭ ވެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް