މައްކާގައި ހޫނުގަދަކަމުން ޙައްޖުވެރިން ބޭރަށް ނުނިކުތުމަށް ސަޢޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީއިން އަންގައިފިއެވެ.
އެގޮތުން އެ ގައުމުގެ މޫސުމާއިބެހޭ އިދާރާގެ އެދުމުގެ މަތިން ހައްޖު މިނިސްޓްރީން ހައްޖު ގްރޫޕްތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެއްވެސް ހައްޖުވެރިއަކު ހެނދުނު 11 އިން ހަވީރު ހަތަރަކަށް ބޭރަށް ނުނިކުތުމަށް އަންގާކަމަށެވެ.
ބޭރުގެ ބައެއް މީޑީއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ހޫނުގަދަވުމުގެ ސަބަބުން ޖަމްރާތައްވެސް ވަނީ ބަންދުކޮށްފައެވެ.
މައްކާގެ ހޫނުމިން މިވަގުތު ހުރިކަމަށް ދައްކަނީ 47 ޑިގްރީ ސެލްސިއަސްގައެވެ. ހޫނު އެންމެ ގަދަވާ ވަގުތުތަކުގައި އިހްސާސްކުރެވޭ ހޫނުމިން 70 އާއި ގާތްކުރާނެކަމަށް ކުރިން ސައުދީ މެޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް