ޖެހުނު ބައްޔެއްގެ ސަބަބުން ލޮލުގެ ފެނުން ގެއްލިފައި މިވާ ޙައްޖުވެރިޔާ ޙައްޖުގެ އަޅުކަން އަދާކުރީ ހިތުގައި ބިންވަޅު ނެގިފައިވާ މަންޒަރު ތަކުގެ އެހީގައެވެ.
މީގެ 20 އަަހަރެއްހާ ދުވަސް ކުރިން ލޮލުގެ ފެނުން ގެއްލުނު ނަމަވެސް ނޮރް ގަޔަޙް ޖަމްހާރީގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އޮތް އަޒުމެއް ނުގުޑައެެވެ. އޭނާ ބުނީ ޠަވާފްކުރުމާއި ޙައްޖުގެ ރުކުންތައް އަދާކުރީ އޭނާގެ ސިކުނޑީގައި ބިންވަޅު ނެގިފައިވާ މަންޒަރު ތަކުގެ އެޙީގައި ކަމަށެވެ.
އުމުރުން މިހާރު65 އަހަރުވެފައިވާ މި ހައްޖުވެރިޔާ ބުނީ، ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބުމުން އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ހިލިގެން ދިޔައި ކަމަށެވެ.
އޭނާ ބުނީ، ލޮލުގެ ފެނުން ގެއްލުމުގެ ކުރިން ގެފުޅު ފެނިފައިވަނީ ތަސްވީރަކުން ކަމަށެވެ. މިހާރު އެ މަންޒަރު ބެލުމުގެ ކުޅަދާނަކަން އޭނާގެ ލޮލުގައި ނެތް ކަމަށެވެ.
އެހެންނަމަވެސް އޭނާ ބުނީ ކޮންމެ ކަމެއްވެސް ވާނީ ﷲ ލިޔުއްވާފައިވާ ގޮތަށް ކަމަށް އޭނާ ގަބޫލު ކުރާ ކަަމަށެވެ. އަދި ކޮންމެ ކަމެއްގެ ފަހަތުގައިވެސް ހެވެއް ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް