ސައިކަލުތަކުގައި ބަޔަކު ރޯކޮށްލީ ކަމަށް ނުބެލެވޭ: ފުލުހުން

ރޭ ދަންވަރު ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައިހުރި ސައިކަލުތަކުގައި ރޯވި ރޯވުމަކީ ބަޔަކު ނޫނީ މީހަކު ކުރި ކަމެއްކަމުގައި ނުބެލެވޭކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިހ...

17 Jun 2024 | 06:32

ރޭ ދަންވަރު ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައިހުރި ސައިކަލުތަކުގައި ރޯވި ރޯވުމަކީ ބަޔަކު ނޫނީ މީހަކު ކުރި ކަމެއްކަމުގައި ނުބެލެވޭކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިހެން ވިދާޅުވީ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ.

ރޭ ދަންވަރު 00:37 ހާއިރު ސައިކަލު ތަކުގައި ރޯވި ކަމުގެ ރިޕޯޓު ސިފައިންނަށް ލިބުމާއި ގުޅިގެން ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ޓީމު  ވަނީ ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ 00:42 ހާއިރު އެ އަލިފާންގަނޑު ނިއްވާލާފައެވެ.

ރޭގަ ހިނގި މި ހާދިސާގައި އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކު ތެރެއިން ފަސް ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ގެއްލުންވެފައެވެ. މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ޝިފާން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެއީ ކޮންމެވެސް އެހެން ގޮތަކުން ހިނގި ކަމެއްކަމުގައި ބެލެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް