އަނެއްކާވެސް ލޯންޗު އެކްސިޑެންޓެއް- ދެ މީހަކަށް އަނިޔާވެއްޖެ

ރޭގެ ވަގުތެއްގައި ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާ ވެއްޖެއެވެ. މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ވަގުތުން ހަރަކާތްތެރިވާން ފަށާފ...

17 Jun 2024 | 05:26

ރޭގެ ވަގުތެއްގައި ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.

މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ވަގުތުން ހަރަކާތްތެރިވާން ފަށާފައެެވެ.

ފުލުހުން ބުނީ ، މި އެކްސިޑެންޓު ހިނގާފައިވަނީ ވިމުއްލި ރިސޯޓު ކައިރިން ކަމަށެވެ. އަދި މި ހާދިސާގައި ދެ މީހަކަށް އަނިޔާ ލިބި ވަނީ  ކުޑަ ހުވަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް  ފަރުވާން ދޭން ފަށާފައި ކަމަށްށެވެ. މި ހާދިސާގައި އަނިޔާ ވެފައި ވަނީ ދިވެހި ފިރެހެނަކާއި އަންހެނަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި ދެ މީހުންނަށް ސީރިއަސް  އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން  ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް