މާލެއިން ރޭގެ ވަގުތެއްގައި ބޮޑު ހަރުފައެއް ފެނިއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ބައެއް ވީޑިއޯތަކުން ފެންނަގޮތުގައި އެ ހަރުފަ ހިފުމުގައި ސިފައިން ރޭގައި ވަނީ ހަރަކާތްތެރިވެފައެވެ. މިހާރު އެ ހަރުފަ ވަނީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މިޑީއާ އޮފިސަރަކު ވިދާޅުވީ ރޭ 09:06 ހާއިރު އިއްޒުއްދީން މަގު މާފަންނު ސަހަރާ ކައިރިން ހަރުފައެއް ފެނިފައިވާކަމަށެވެ. އެ ހަރުފަ ހިފާފައިވާކަމަށް ފުލުހުންވެސް ބުނެއެވެ.
މިކަމުގައި ސިފައިންގެ ކޮމެންޓެއް އަދި ލިބިފައިނުވާތީ ހަރުފައިގެ ބޮޑުމިން އަދި އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް ވީޑިއޯތަކުން ފެންނަގޮތުގައި އެ ހަރުފައިގެ ދިގުމިނުގައި ގާތްގަނޑަކަށް 4-5 ވަރަކަށް ފޫޓު ހުންނާނެކަމުގައި ބެލެވެއެވެ.
https://www.facebook.com/mohamed.shafneez/videos/446010351507599/
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް