މަޖީދީ މަގުގައި ހުރި ފަސް ސައިކަލެއް ބޭނުން ނުކުރެވޭވަރަށް އަނދައިފި

ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ. އެމްއެންޑީއެފް އިން ބުނެފައިވާގޮތުގައި މި ހާދިސާގެ ރިޕޯޓް...

17 Jun 2024 | 03:44

ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވާގޮތުގައި މި ހާދިސާގެ ރިޕޯޓް ރޭ 00:37 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 00:42 ހާއިރުކަމަށް ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މި ހާދިސާގައި ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި ކަމަށާއި އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާ ލިބިފައި ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް