މާލޭ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައިތިބި ތިން މީހަކު ސަލާމަތްކޮށް މީހަކާއި ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ބަޔަކު ސަލާމަތްކޮށްފައިވަނީ ހ. އަބަދަށް އުފާ މަގުގައި ހުރި ގެއަކުންނެވެ.
ފުލުހުން ބުނީ ބާރުގެ ބޭނުންކޮށްގެން އެ ގެއަކަށްވަދެ ރަހީނުކޮށްފައިތިބި ދިވެހި ތިން ފިރިހެނަކު ސަލާމަތްކޮށްފައިވާކަމަށާއި އެމީހުންނަށް އެކިވަރުގެ އަނިޔާވެސްކޮށްފައިވާކަމަށެވެ. އަދި އެމީހުން ޑަކުޓަރަށް ދެއްކުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މި އޮޕަރޭޝަން ހިންގީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް