ޕޮއިޒްގެ އިއްޔެގެ ހަރަކާތައް ބޮޑު ތަރުހީބެއް: ހުޅުމާލޭގައި މިއަދުވެސް ހަވީރު ކުޑަކުދިންނަށް، ރޭގަނޑު ބޮޑެތި މީހުންނަށް

މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ސެންޓާއި ބޮޑީ ސްޕްރޭ އަދި ކޮސްމެޓިކްސް ވިއްކަމުން އަން ޕޮއިޒް ޕާފިއުމްސްއިން އިއްޔެއާއި ރޭގައި ހުޅުމާލޭގައި ބޭއްވި އިވެންޓަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފިއެވ...

17 Jun 2023 | 08:14

މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ސެންޓާއި ބޮޑީ ސްޕްރޭ އަދި ކޮސްމެޓިކްސް ވިއްކަމުން އަން ޕޮއިޒް ޕާފިއުމްސްއިން އިއްޔެއާއި ރޭގައި ހުޅުމާލޭގައި ބޭއްވި އިވެންޓަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފިއެވެ.

އެގޮތުން "އޭން އީވްނިންގް ވިތު ޕޮއިޒް ޕާފިއުމްސް" ގެ ނަމުގައި އިއްޔެއާއި ރޭގައި ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާއިރު ހަވީރު ހާއްސަކޮށްފައިވަނީ ކުޑަކުދިންނަށެވެ. އަދި ރޭގަނޑު ހާއްސަ ކުރީ ބޮޑެތި މީހުންނަށެވެ.

މި ހަރަކާތާއި ގުޅޭގޮތުން ޕޮއިޒް އިން ބުނީ މިއީ ޕޮއިޒް ޕާފިއުމްސްގެ މައިގަނޑު ހުރިހާ ޕްރޮޑަކްޓްސްތަކެއް އެއްތާކުން ދައްކާލުމަށްޓަކައި ކުރިއަށްގެންދެވޭ ހަރަކާތެއް ކަމަށާއި އެގޮތުން އިއްޔެވެ އަދި ރޭގައިވެސް ކުރިއަށްގެންދިޔަ ހަރަކާތުގައި ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން ޕޮއިޒް އިން ފާހަގަކުރެއެވެ.

"ހާއްސަ ސްޓޯލްތައް ހުންނާނެ، ހާއްސަ ގޭމްތައް ހުންނާނެ، ގޭމްތަކުގައި ބައިވެރިވެލައިގެން ސެންޓާއި ކޮސްމެޓިކްސް، އަދި ގިފްތް ވައުޗަރ ފަދަ އިނާމުތައް ވަގުތުން ލިބިގެންދާނެ" ޕޮއިޒް އިން ހާމަކުރެއެވެ.

މި އިވެންޓް ކުރިއަށްގެންދަނީ ހުޅުމާލޭ ރުއްގަނޑު ދޭއް ސަރަހައްދުގައެވެ. މިއަދު ހަވީރުވެސް ހަތަރަކުން ފެށިގެން ހަޔަކާއި ހަމައަށް ކުޑަކުދިންނަށް ހާއްސަކޮށް އަދި މިރޭ އަށަކުން 10 އަށް ބޮޑެތި މީހުންނަށް ހާއްސަކޮށް ހަރަކާތް ކުރިއަށްދާނެކަން ޕޮއިޒްއިން ހާމަކުރެއެވެ.

ޕޮއިޒް އިން ބުނީ މި ހަރަކާތް ކުރިއަށްދާއިރު ރަޖިސްޓްރީ ކުރެވިގެން ޕޮއިޒް ޕާފިއުމްސްގެ ފިހާރަތަކުން އެއް އަހަރު ދުވަހުގެ ޑިސްކައުންޓް ކާޑެއްވެސް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ވަގުތުން ސެންޓް، ކޮސްމެޓިކްސް ގަތުމުގެ ފުރުސަތުގެ އިތުރުން އޯޑަރ ކުރުމުގެ ފުރުސަތުވެސް ލިބެމުންދާނެ ކަން ޕޮއިޒް އިން ފާހަގަކުރެއެވެ.

ޕޮއިޒް ޕާފިއުމްސް އަކީ 50 އަށްވުރެ ގިނަ އުފެއްދުން ސޯލް ޑިސްޓްރިބިއުޓަރުގެ ގޮތުގައި ރާއްޖެ އެތެރެކޮށް ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ކުރަމުން އަންނަ، ދިވެހިންގެ މެދުގައި މަގްބޫލު ވިޔަފާރި ބްރޭންޑެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް