އެފްވައިއެފްސީ 2023: ފޯރިގަދަ ސެމީ ފައިނަލް މެޗުތައް މިރޭ !

ލާމު ފޮނަދޫގައި މިހާރު ކުރިޔަށް ދާ ” ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023″ ގެ ސެމީ ފައިނަލް މެޗުތަކުގެ ކުޅުން މިރޭ ކުރިޔަށް ދާނެއެވެ. މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ނިމި ހަތަރު ޓީމު ސެމީ ފައިނަލް އ...

17 Jun 2023 | 07:45

ލާމު ފޮނަދޫގައި މިހާރު ކުރިޔަށް ދާ ” ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023″ ގެ ސެމީ ފައިނަލް މެޗުތަކުގެ ކުޅުން މިރޭ ކުރިޔަށް ދާނެއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ނިމި ހަތަރު ޓީމު ސެމީ ފައިނަލް އާއި މިރޭ ކުރިމަތިލާއިރު، ސެމީ އިން ޖާގަ ހޯދާފައިވަނީ ކަންމަތި ސްޕޯޓްސް ކުލަބް، ގޯޅި ސްޕޯޓްސް ކުލަބް. އައުޓްރީފް ސްޕޯޓްސް ކުލަބް އަދި ބީޖީ ސްޕޯޓްސް ކުލަބެވެ.

މި ހަތަރު ޓީމު ސެމީއިން ޖާގަ ހޯދިގޮތައް ބަލާއިރު، ކަންމަތި އެސްސީން ސެމީގެ ޖާގަ ހޯދީ ކަންމަތި އެފްސީ ބަލިކުރުމަށް ފަހުގައެވެ. އަދި އައުޓްރީފް އެސްސީ ސެމީގެ ޖާގަ ހޯދީ ގޯޅިއަންސް ބަލިކުރުމަށް ފަހުގައެވެ.

ގޯޅި އެސްސީން ސެމީގެ ޖާގަ ހޯދީ ނެވަގިވަޕް ބަލިކުރުމަށް ފަހުގައެވެ. އަދި ބީޖީ ސްޕޯޓްސް އިން ސެމީގެ ޖާގަ ހޯދީ ރަސްހިންނެ ޑިޓްރޮއިޓްސް ބަލިކުރުމަށް ފަހުގައެވެ.

މިރޭ ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކަންމަތި ސްޕޯޓްސް ކުލަބާއި އައުޓްރީފް ސްޕޯޓްސް ކުލަބެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގޯޅި ސްޕޯޓްސް ކުލަބާއި ބީޖީ ސްޕޯޓްސް ކުލަބެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައެވެ.

މި ހުރިހާ މެޗެއްވެސް ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023 ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއަލް މޯލްޑިވްސްއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި، ޝަބުނަމީ ހޯލްޑިންގް، ސިބްކޯ މޯލްޑްިވްސް، ކޮކާ ކޯލާ މޯލްޑިވްސްގެ އިތުރުން ލާމު ފޮނަދޫ ކައުންސިލް އަދި ސޯސަން ފިހާރަ ހިމެނެއެވެ. އަދި މީގެ އިތުރުން ސިލްވަރ ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ ބެސްޓްބައި މޯލްޑްިވްސް އަދި ޔޫރޯ ސްޓޯރ އެމްވީއެވެ.

މުބާރާތުގެ ލައިވް ޕާޓްނަރ އަކީ “ލޫޕްކާސްޓް އެމްވީ” އެވެ. އަދި މުބާރާތުގެ އޮފިޝިއަލް މީޑިއާ ޕާޓްނަރ އަކީ “ދުވަސް އޮންލައިން” އެވެ. މުބާރާތުގެ ފޮޓޯ ޕާޓްނަރ އަކީ އިމޭޖަސް އެމްވީއެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް