ރަށު ރައްޔިތުން ކުރި މަސައްކަތުން އައްސަދު ފެނިއްޖެ – އޮތީ ގެއެއްގެ ތެރޭގައި ފިލާ !

ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ އަހްމަދު އައްސަދު ފެނިއްޖެއެވެ. ގއ. ވިލިނގިލިން ގެއްލިގެން ހޯދަމުންދިޔަ އައްސަދު ފެނިފައިވަނީ އެ ރަށު ގެއެއްގެ ތެރޭގައި ފިލާ އޮއްވާ ކ...

17 Jun 2023 | 05:11

ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ އަހްމަދު އައްސަދު ފެނިއްޖެއެވެ.

ގއ. ވިލިނގިލިން ގެއްލިގެން ހޯދަމުންދިޔަ އައްސަދު ފެނިފައިވަނީ އެ ރަށު ގެއެއްގެ ތެރޭގައި ފިލާ އޮއްވާ ކަމަށް އެ ރަށުން ދުވަހަށް މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްތަކުން ބުނެއެވެ. އަދި ފެނުނު އިރު ހާލުވެސް ރަނގަޅު ކަމަށް ބުނެއެވެ.

އައްސަދު ގެއްލިގެން ފުލުހުންނާއި ރަށުގެ ކައުންސިލާއި ރަށުގެ ރައްޔިތުން އިއްޔެ އެކުގައިހެން އައްސަދު ހޯދުމުގެ މަސައްކަތް ކޮށްފައިވެއެވެ.

އޭނާއަކީ ރަށުގައި ބިދޭސީންތަކެއް ގޮވައިގެން ކޮންކްރީޓް މަސައްކަތް ކުރާ މީހެއް ކަމުން އޭނާގެ މަސައްކަތު ސައިޓްވެސް ބަލާފައިވެއެވެ. މަސައްކަތުގެ އެ ސައިޓުން މީހަކު އަމިއްލައަށް މަރުވާން ތައްޔާރުކޮށްފައިވާކަމަށް ބެލެވޭ ސެޓަޕެއް ފެނުނުއިރު އެ ސައިޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްތަކުން ބުނެފައިވާގޮތުގައި ރޭގެ މެންދަމު ތިނެއް ޖެހި ފަހުން އައްސަދު ފެނުނީ އޭނާގެ އާއިލާ މެންބަރެއްގެ ގޭތެރެއިންނެވެ. އެ ގެއަކީ މިހާރު ބިދޭސީން ދިރިއުޅެމުން އަންނަ ގެއެކެވެ.

އައްސަދު ގެއްލިގެން ހޯދަމުންދިޔައިރު، ގެއްލުނު ދުވަހު އޭނާގެ ބައެއް ރަހުމަތްތެރިންނަށް ފޯނުކޮށް، ކޮންތާކުތޯ؟ އާއި ކުރަނީ ކީއްތޯ؟ އާއި ހުރީ ކޮންބަޔަކާ އެކުގައިތޯ؟ އެހިކަމަށް އޭނާގެ ބައެއް ރަހުމަތްތެރިން ބުނެފައިވެއެވެ.

އައްސަދު މިހާރު ފެނިފައިވާއިރު ރަށުގެ ރައްޔިތުން އައްސަދު ހޯދުމަށް ރަށުގެ ވަށައި، މޫދު ސަރަހައްދާއި ރަށުގެ ބޮޑުބައެއް ހޯދާ، ބަލާ ފާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް