ޝެލް ޕެޓްރޯލިއަމް ކުންފުނިން ޕާކިސްތާނު ވިޔަފާރި ހުއްޓާލަން ނިންމައިފި

ބައިނަލްއަގްވާމީ ހަކަތައިގެ އެންމެ ވަރުގަދަ އެއް ކުންފުނިކަމުގައިވާ ޝެލް ޕެޓްރޯލިއަމުން ޕާކިސްތާނު ވިޔަފާރި ހުއްޓާލަން ނިންމައިފިއެވެ. އެގޮތުން ޝެލް ޕެޓްރޯލިއަމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެސްޕީކޯ...

16 Jun 2023 | 19:29

ބައިނަލްއަގްވާމީ ހަކަތައިގެ އެންމެ ވަރުގަދަ އެއް ކުންފުނިކަމުގައިވާ ޝެލް ޕެޓްރޯލިއަމުން ޕާކިސްތާނު ވިޔަފާރި ހުއްޓާލަން ނިންމައިފިއެވެ.

އެގޮތުން ޝެލް ޕެޓްރޯލިއަމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެސްޕީކޯ) އިން ވަނީ އެ ކުންފުނީގެ ޝެލް ޕާކިސްތާން ލިމިޓެޑް (އެސްޕީއެލްގެ) ހުރިހާ ހިއްސާއެއް ވިއްކާލައި ޕާކިސްތާނު މާކެޓުން ނިކުންނަން ނިމިދިޔަ ހަފްތާގައި ނިންމާފައެވެ.

ޝެލް ކުންފުނިން ޕާކިސްތާނު ދޫކޮށްލަން ނިންމާފައިވާއިރު މި ފަހަކަށް އައި ބޭރުގެ ދަރަންޏާއި އިންފްލޭޝަނާއި ހެދި އެ ގައުމުގެ މާލީ ހާލަތު ވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ. އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ ތަންތަނުން އިތުރު ލޯނު ނުލިބި ގައުމުގެ އިގްތިސާދު ފުނޑިދާނެކަމުގެ ބިރުވެސް ވަނީ ހީވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް