ސޯޝަލް މީޑިއާއަކީ އަަބަދުވެސް ތަފާތު ޗެލެންޖުތަކާއި ޓްރެންޑުތައް ފުޅާ ދާއިރާއެއްގައި ހިނގަމުން އަންނަ ތަނެކެވެ. އެފަދަ ޗެލެންޖުތަކާއި ޓްރެންޑްތަކުގެ ވާދަވެރިކަން ބޮޑެވެ.
އެގޮތުން މިހާރު ޗައިނާގައި އެންމެ ޓްރެންޑިންކޮށް ކުރިއަށްދާ އެއް ކަމަކީ މަލާއެކު ސެލްފީ ނެގުމެވެ.
އެއް ބަޔަކު ކަންފަތް ދޮށަށް މަލެއް ޖަހައިގެން ސެލްފީ ނަގާއިރު އަނެއް ބަޔަކު އެ ޓްރެންޑްގައި ސެލްފީ ނަގަނީ ބޮލަށް މާ ޖަހައިގެންނެވެ. އަނގަޔަށް މާ ޖަހައިގެން ނަގާ ބަޔަކުވެސް އެ ޓްރެންޑް ތެރޭގައި އެބަ އުޅެތެވެ.
މި ޓްރެންޑްގައި އަންހެނެއްގެ ފުރާނަ ނުގެއްލި ސަލާމަތްވީ ހަމަ ކިރިޔާ ކަމަށް ޗައިނާގެ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
އެގޮތުން އެ އަންހެން މީހާ ކަނީރު މަލެއް އަނގަޔަށް ލައިގެން ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ވިހަވެ އެމަޖެންސީގައި ފަރުވާ ދޭން ޖެހި ކަނީރު މަލުގެ ނުރައްކާތެރިކަން ޗައިނާގެ އެކްސްޕާޓުން މިވަނީ ހާމަކުރަން ފަށާފައެވެ.
އެގޮތުން ޗައިނާގެ އެކްސްޕާޓުން ބުނެފައިވަނީ ކަނީރުގަހުގެ ކިރަކީ ވިހަ ކިރެއް ކަމަށާއި ފުރާނަ ދާހާ ނުރައްކާތެރި ވިހައެއް އެ ކިރުގައި އެކުލެވޭ ކަމަށެވެ.
ހާލު ގޯސްވި އެ އަންހެން މީހާ ބުނެފައިވަނީ ކަނީރުމާ އަނގަޔަށް ލުމާއެކު ޒާތެއްގެ ގޮތްތަކެއް ވާން ފެށުމުން އަވަހަށް މާ އެއްލައިލީ ކަމަށާއި ފުރާނަ ސަލާމަތްވީ އެހާ އަވަހަށް އެއްލައިލެވުމުން ކަމަށް މިހާރު ގަބޫލު ކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް