ދާއިމީ އެއްބަސްވުމެއްގެ ދަށުން މާނޭ ބަޔާން އާއި ގުޅެނީ

އިނިރޭސި ކުލަބު ލިވަޕޫލް އަށް ކުޅެމުން އަންނަ ސެނެގާލްގެ އިތުބާރު ފޯވާޑް ސަދިއޯ މާނޭ ދާއިމީ އެއްބަސްވުމެއްގެ ދަށުން ޖަރުމަންގެ އެންމެ ކާމިޔާބު ކުލަބު ބަޔާން މިޔުނިކާއި ގުޅެން ތައްޔާރުވެއްޖެ ކަމަށް މީޑ...

17 Jun 2022 | 16:35

އިނިރޭސި ކުލަބު ލިވަޕޫލް އަށް ކުޅެމުން އަންނަ ސެނެގާލްގެ އިތުބާރު ފޯވާޑް ސަދިއޯ މާނޭ ދާއިމީ އެއްބަސްވުމެއްގެ ދަށުން ޖަރުމަންގެ އެންމެ ކާމިޔާބު ކުލަބު ބަޔާން މިޔުނިކާއި ގުޅެން ތައްޔާރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އިނގިރޭސި ބައެއް މީޑިއާތަކުގެ އިތުރުން ޖަރުމަނުގެ ބައެއް މީޑިއާ ތަކުން ޚަބަރު ފަތުރާ ގޮތުގައި މާނޭ ބަޔާންއާއި ގުޅުމަށް ލިޔެކިޔުމުން އެއްބަސްވެފައި ނުވި ކަމުގައިވީ ނަމަވެސް އަނގަބަހުން ވަނީ އެއްބަސްވެފައެވެ.

އެގޮތުން ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މާނޭ ބަޔާން އާއި ގުޅުމަށް މިހާރު އެއްބަސްވެފައިވާ ކަމަށާއި އަދި މި އެއްބަސްވުން ރަސްމީ ސިފައެއްގައި ނިމިގެން ދާނީ ދެ ކުލަބުގެ އޮފިޝަލުންގެ މެދުގައި މާދަން ބޭއްވޭ ބައްދަލުވުމަށް ފަހުގައި ކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މާނޭ ހޯދުމަށް ބަޔާންއިން ބިޑް ކޮށްފައިވީ ނަމަވެސް މާނޭ އަށް ރިލީޒް ދިނުމަށް ލިވަޕޫލުން އެއްބަސްވާނީ މާނޭ ކުލަބު ދޫކޮށްލަން ބޭނުން ކަން ރަސްމީކޮށް ކުލަބުގައި އެދުމުން ކަމަށް ލިވަޕޫލުން ބުނެފައިވާ ކަމަށް ވެސް މި ރިޕޯޓުގައި ވަނީ ބުނެފައެވެ. ލިވަޕޫލާއި ހަވާލާ ދީ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން މާނޭ ލިވަޕޫލް ދޫކޮށްލަން ބޭނުންވާ ކަމަށް އަދި ކުލަބުގައި މިހާތަނަށް ރަސްމީ ސިފައެއްގައި އެދިފައެއް ނުވެއެވެ.

މާނޭ އަކީ ލިވަޕޫލުގެ ފޯވާޑް ލައިނުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މޮޅު ކުޅުންތެރިއެކެވެ. އެގޮތުން ނިމިގެން ދިޔަ ސީޒަނުގައި އޭނާ ވަނީ ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކާ މުހިންމު ގިނަ ލަނޑުތަކެއް ވެސް ކާމިޔާބު ކޮށްދީފައެވެ.

މާނޭ ކުލަބު ބަދަލުވާން އުޅޭކަމުގެ ވާހަކަތައް މީޑިއާގައި ދެކެވުނު ނަމ،ަވެސް މާނޭ އާއި އޭނާގެ އެޖެންޓް މިކަމާއި ގުޅޭގޮތުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް