އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނު ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރި ކުރުން އެމެރިކާއިން ކުށްވެރިކޮށްފިއެވެ.
ބީޖޭޕީގެ ތަރުޖަމާނު ނުޕުރް ޝަރްމާގެ އެ އަމަލު އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އިއްޔެ ކުށްވެރިކުރި އެ ޑިޕާޓްމެންޓުން އިއްޔެ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
ނޫސްވެރިއެެއްގެ ސުވާލަށް ޖަވާބުދެމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ އެކަހަލަ ކަންކަން އަބަދުވެސް ކުށްވެރިކުރާ ކަަމަށާއި މިފަހަރުވެސް އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި ބީޖޭޕީންވެސް މިހާރު އެކަން ކުށްވެރިކޮށްފައިވާކަން ނެޑް ފާހަގަކުރިއެވެެ.
އެ މޭރުމުން ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ އިންސާނީ ކަރާމާތަށާއި އާއްމު ހަމަތަކަށް އެންމެންވެސް އިހުތިރާމުކުރަން ޖެހޭނެ ކަމަށާއި ޑިމޮކްރަސީގައި ހަމަހަމަކަމުގެ ފުުރުސަތު ދަމަހައްޓަން ޖެހޭނެ ކަމަށެވެ.
އިންޑިއާއިން ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގާ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މުސްލިމް ގައުމުތަކުން އަންނަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާ އިހްތިޖާޖު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް