ލިފްޓެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

މާލޭގައި ގެއެއްގެ ލިފްޓެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މާލޭގައި ސީރިއަލް ރޭޕިސްޓެއް އެބަ އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރިފައ...

17 Jun 2022 | 07:35

މާލޭގައި ގެއެއްގެ ލިފްޓެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މާލޭގައި ސީރިއަލް ރޭޕިސްޓެއް އެބަ އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރިފައިވާއިރު މިކަމާއި ގުޅޭގޮތުން ފުލުހުން ކުރެން އެހުމުން، ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެފަދަ އެއް މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ.

"ހެންވޭރު ގެއެއްގައި އަންހެނަކު ލިފްޓަށް އެރިވަގުތު ފިރިހެނަކު އެ އަންހެން މީހާއަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހަޅާފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަންގާރަދުވަހު ކަމަށެވެ. އެފަަަދަ އިތުރު މައްސަލައެއް އަދި ހުށަހަޅާފައިނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް