ފަތުރުވެރިންތަކަކާއިއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއްގައި ރޯވެ ފެތިއްޖެ

ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ ސަފާރީއެއްގައި އަލިފާން ރޯވެ އެ ސަފާރީ ފެތިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ރޭގައި ބުނެފައިވަނީ ތިން ފަތުރުވެރިއަކާއި ހަ ފަޅުވެރިން ހ...

17 Jun 2022 | 05:11

ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ ސަފާރީއެއްގައި އަލިފާން ރޯވެ އެ ސަފާރީ ފެތިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ރޭގައި ބުނެފައިވަނީ ތިން ފަތުރުވެރިއަކާއި ހަ ފަޅުވެރިން ހިމެނޭހެން ދަތުރކުރަމުންދިޔަ "އަވި" ނަމަކަށްކިޔާ ސަފާރީއެއްގައި ރޯވެ އަނދަމުންދިޔަ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވި ކަަމަށެވެ.

ކ. ގާފަރާ ދިމާ ބޭރުން ދަތުރުކުރަމުންދިޔަ އެ ސަފާރީގައި އެ ހާދިސާ ހިނގީ ރޭ 22:51 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

"ސަފާރީ އުޅަނދުގެ ކްރޫއިންނާއި ފަސެންޖަރުން ތިބީ ސަފާރީގެ ޑައިވިންގް ދޯނީގައި ހެޔޮހާލުގައި . އަދި  ޑައިވިންގ ދޯނީގައިތިބި މީހުން މިހާރު ކޯސްޓްގާޑްގެ ސީއެމްބިއުލާސްގެ އެހީތެރިކަމާއިއެކު  ދަނީ ކ.ގާފަރަށް ދަތުރުކުރަމުން." ރޭގައި އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ރޭގައި އިތުރަށް ބުނެފައިވަނީ ރޯވި ސަފާރީ ވަނީ މިހާރު އެއްކޮށް އަޑިޔަށް ގޮސްފައި ކަމަށާއި ކޯސްޓްގާޑު ހާބަރކްރާފްޓާއި ފަޔަރު ލޯންޗު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް