ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގުމަށް އަމާޒުކޮށް ފުލުހުންނާއި އުރީދޫ އަދި ވިމެން އިން ޓެކް އިން "ސައިބަރ ރައްކާ" ކެމްޕޭން ފަށައިފި

އުރީދޫ މޯލްޑިވްސް އިން ދިވެހި ފުލުހުންނާއި ވިމެން އިން ޓެކް ޖަމިއްޔާއާއި ގުޅިގެން ކުރިއަށްގެންދާ "ސައިބަރ ރައްކާ" ޕްރޮގްރާމް ރާއްޖޭގެ އުތުރުން ފަށައިފިއެވެ. އިންޓަނެޓްގެ ޚިދުމަތް ފަސޭހަކަމާއިއެކު ހޯދު...

17 Jun 2022 | 04:56

އުރީދޫ މޯލްޑިވްސް އިން ދިވެހި ފުލުހުންނާއި ވިމެން އިން ޓެކް ޖަމިއްޔާއާއި ގުޅިގެން ކުރިއަށްގެންދާ "ސައިބަރ ރައްކާ" ޕްރޮގްރާމް ރާއްޖޭގެ އުތުރުން ފަށައިފިއެވެ.

އިންޓަނެޓްގެ ޚިދުމަތް ފަސޭހަކަމާއިއެކު ހޯދުމުގެ މަގުފަހި ކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ ގިނަގުނަ މަސައްކަތާއެކު، އިންޓަނެޓް ރައްކާތެރިކަމާއި ޒިންމާދާރުކަމާއި އެކު ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިންޓަނެޓް ސޭފްޓީ ކެމްޕެއިންގެ މަސައްކަތުގައިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އުރީދޫއިން މައުލޫމާތުދޭގޮތުގައި "ސައިބަރ ރައްކާ" މި ކެމްޕޭނަކީ އެގޮތުން ކުރިއަށްގެންދެވޭ ކެމްޕޭނެކެވެ.

https://twitter.com/OoredooMaldives/status/1537476563544879105?s=20&t=jt14-EMdpYXtMefe7O0yCg

މި ޕްރޮގްރާމް މެދުވެރިކޮށް ސައިބާ ސޭފްޓީގެ މުހިއްމުކަން، ހުށިޔާރުވާން ޖެހޭ ކަންކަމާއި، ސައިބަރ ސޭފްޓީ ޓޫލްތައް އަދި އިންޓަނެޓް ބޭނުންކުރުމުގައި ދަމަހައްޓަންޖެހޭ މިންގަނޑުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ. ދަރިވަރުން، މައިންބަފައިން އަދި ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން މައުލޫމާތު އިތުރުކޮށްދީ، ތަމްރީންތައް ކުރިއަށްގެންދާނެއެވެ. މި ޕްރޮގްރާމްގެ އަމާޒަކީ ޑިޖިޓަލް ދުނިޔޭގެ އެންމެހާ މަންފާތައް ހޯދުމުގައި، ދިވެހި އާއިލާތަކަށް އަމާން، ރައްކާތެރި، އަދި އުފާވެރި މާހައުލެއް ގާއިމްކޮށްދިނުމެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމަށް އުރީދޫއިން އަމާޒުހިފާފައިވާ މި ކެމްޕޭން ހއ. ތުރާކުނާއި އުލިގަމާއި ހޯރަފުށީގައި މިހާރު މިވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް