މާލެ ސަރަހައްދުން 86 މީހުނާއެކު ރާއްޖެއިން މިއަދު ފައްސަވީ 218 މީހުން

ފާއިތުވި24 ގަޑިއިރު، ރާއްޖެއިން ކޮވިޑްއަށް ފައްސިވެފައި ވަނީ218 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފައްސިވި 86 މީހުންނާއި އ...

17 Jun 2021 | 17:03

ފާއިތުވި24 ގަޑިއިރު، ރާއްޖެއިން ކޮވިޑްއަށް ފައްސިވެފައި ވަނީ218 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފައްސިވި 86 މީހުންނާއި އަތޮޅުތެރެއިން ފައްސިވި116 މީހުންގެ އިތުރުން ރެސޯޓްތަކުން ފައްސިވި 13މީހަކާއި ހަދަމުންދާ ރަށްތަކުން ފައްސިވި ތިން މީހުނެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 4،247 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 6،930 މީހުުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބީ 67 މީހުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު މިއަދު ވަނީ 64،214 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދަކީ 201 އެވެ.

މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 71،356 އަށް އަރާފައި އެވެ.

https://twitter.com/HPA_MV/status/1405570907574132737

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް