ޒެމްބިޔާގެ ފުރަތަމަ ރައީސް ކެންނެތް ކައުންޑާ އަވަހާރަވެއްޖެއެވެ. ކައުންޑާ އަވަހާރަވިއިރު އުމުރުފުޅަކީ 97 އަހަރެވެ.
އޭނާ ވަނީ1964 ވަނަ އަހަރުން ފެށިގެން1991 ވަނަ އަހަރާ ހަމައަށް ޒެމްބިޔާގެ ރައީސްކަން ކޮށްފައެވެ. ކައުންޑާ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި ވަނީ މިދިޔަ ހަފްތާގައެވެ.
ކައުންޑާގެ ދަރިފުޅު ބުނެފައި ވާގޮތުން، ކައުންޑާ އަވަހާރަވީ ނިއުމޯނިޔާއަށް ފަރުވާ ކުރަމުން ދަނިކޮށެވެ. އޭނާ ފަރުވާ ހޯދަމުން ގޮސްފައި ވަނީ ލުސާކާގެ މިލިޓަރީ ހޮސްޕިޓަލެއްގައެވެ.
https://www.youtube.com/watch?v=jSVOqtM21uA&t=2s
ބްރިޓިޝް އަތުން ސަދަން އެފްރިކާ މިނިވަންވެ، 1964 ވަނަ އަހަރުން ފެށިގެން ކައުންޑާ ވަނީ ޒުމްބިޔާގެ ވެރިކަން ކުރަން ފަށާފައެވެ. އަދި1991 ގެ ފަހުން ކައުންޑާ ވަނީ އެޗްއައިވީ/އެއިޑްސް އާއި ދެކޮޅަށް ހަރަކާތްތެރިވި އެންމެ ވަރުގަދަ އެއް އެކްޓިވިސްޓް އެއް ގޮތަށް ފާހަގަ ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް