ކޮވިޑްގައި މީހަކު ނިޔާވެ، ޖުމްލަ 201 އަށް!

ކޮވިޑްގައި މީހަކު ނިޔާވެ، ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ 201 އަށް އަރައިފިއެވެ. މިއީ މިދިޔަ24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑްގައި ނިޔާވި ފުރަތަމަ މީހާއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެން...

17 Jun 2021 | 15:23

ކޮވިޑްގައި މީހަކު ނިޔާވެ، ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ 201 އަށް އަރައިފިއެވެ.

މިއީ މިދިޔަ24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑްގައި ނިޔާވި ފުރަތަމަ މީހާއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި މިއަދު ހަވީރު05:44 ގައި ނިޔާވެފައި ވަނީ70 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ11 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މީހެކެވެ.

https://twitter.com/HPA_MV/status/1405544451166986240

ފާއިތުވި24 ގަޑިއިރު، ރާއްޖެއިން ކޮވިޑްއަށް ފައްސިވެފައި ވަނީ241 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފައްސިވި 90 މީހުންނާއި އަތޮޅުތެރެއިން ފައްސިވި143 މީހުންގެ އިތުރުން ރެސޯޓްތަކުން ފައްސިވި ހަ މީހަކާއި ހަދަމުންދާ ރަށްތަކުން ފައްސިވި ދެ މީހުނެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 7،747 މީހުުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބީ 67 މީހުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު މިއަދު ވަނީ 71،138 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދަކީ 201 އެވެ.

މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 71،138 އަށް އަރާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް