4.5 މިލިއަން ލީޓަރުގެ ތެޔޮ ބަރުކޮށްގެން ދަތުރު ކުރި އެސްޓީއޯގެ ތެޔޮ ބޯޓް "އެމްވީ އަލިހުރަސް" ގދ. ގެމަނަފުށި ކައިރިން ދިޔަވާ ކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ގެ ޑައިވަރުން އެހީތެރިކަން ފޯރުކޮށދެމުން ދާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެގޮތުން ދިޔަވުން ކޮންޓްރޯލްކޮށް، އިތުރު ގެއްލުމެއް ލިބިފައި ވޭތޯ ބެލުމަށް ކޯސްޓްގާޑްގެ ޑައިވަރުން ހަރަކާތްތެރިވަމުން ދެއެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު15:10 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ބޯޓްގައި17 ދިވެހިން ތިބި އިރު، 4322.735 ކިލޮލީޓަރުގެ ޑީސަލް އާއި 456.514 ކިލޮލީޓަރުގެ ޕެޓްރޯލް ހުރިކަމަށް އެމްއެންޑީއެފް އިން ރިޕޯޓްކޮށްފައި ވެއެވެ.
ގޯސްޓްގާޑްގެ ޑައިވަރުން ވަނީ ބޯޓުގެ ހަލްއިން ދިޔަވާ ހިސާބު ދެނެގަނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް