އުރީދޫ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އައު ޕްލޭންތަކެއް ތައާރަފްކޮށްފި!

އުރީދޫ މޯލްޑިވްސްގެ އެންމެހާ ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވަރގެ ޚިދުމަތް ފޯރުކޮށްދީ، ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ އައު ޕްލޭންތަކެއް ތައާރަފްކޮށްފިއެވެ. މި ހިދުމަތް ހޯމް ބްރޯޑްބ...

17 Jun 2021 | 12:58

އުރީދޫ މޯލްޑިވްސްގެ އެންމެހާ ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވަރގެ ޚިދުމަތް ފޯރުކޮށްދީ، ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ އައު ޕްލޭންތަކެއް ތައާރަފްކޮށްފިއެވެ.

މި ހިދުމަތް ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށްވެސް ތައާރަފް ކުރެވިފައި މިވަނީ ޕެންޑެމިކްއާއި ގުޅިގެން ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރާވަރު އިތުރު ވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުންނަށްވެސް އިތުރު ލުއިގޮތްތައް ހޯދާ ފިނުމުގެ ގޮތުން ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އުރީދޫއިން މިގެނައި ބަދަލާއި އެކު، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ޚިދުމަތްލިބިގެންދާނެއެވެ. ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާ އެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ. ޕްރިޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ހޯދާލުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަ ވުމުގެ ކުރިން ނަންގަވާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުވެސް ބޭނުންކުރެވޭނެއެވެ.

ޑޭޓާ ރޯލްއޯވަރގެ އިތުރުން ބޮޑެތި ޑޭޓާ އެލަވަންސް އާއި އެކު އައު ދެ ޕްލޭންވެސް އުރީދޫއިން ވަނީ ތައާރަފް ކޮށްފައެވެ. މި ޕްލޭންތައް ނަންގަވާ ފަރާތްތަކަށް ޚާއްޞަ އޮފަރއެއްގެ ދަށުން %20 އިތުރު ބޯނަސް ޑޭޓާވެސް ލިބިގެންދާނެއެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އައު އީޖާދީ ޕްރޮޑަކްޓްތަކާއެކު އަޅުގަނޑުމެންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭތޯ. ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފަ. ގެއިން މަސައްކަތްކުރުމާއި، ކިޔެވުމުގެ ކަންތައްތަކުގެ އިތުރުން އެހެނިހެން ކަންކަމުގައިވެސް ޑިޖިޓަލް ޚިދުމަތްތަކަށް މިވަނީ ބަރޯސާވާންޖެހިފަ. އެހެން ކަމުން އަޅުގަނޑުމެންގެ މަގްސަދަކީ މި ބަދަލާއެކު އިންޓަނެޓްގެ ޚިދުމަތް އެންމެހާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތަކަށް މަގުފަހިކޮށްދިނުން." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިންވަނީ ދާދި ފަހުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލްއޯވަރ ގެ ޚިދުމަތް ތައާރަފްކޮށް މާކެޓުގައި ލީޑް ކުރާ މި ޕްރޮޑަކްޓްތަކަށް އިތުރު ފުރިހިމަކަމެއްގެނެސްފައެވެ.

އިތުރު މައުލޫމާތު ހޯދާލުމަށް: http://ore.do/faseyha

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް