ގޭގައި ތިބެގެން ޕްރީޕެއިޑް ރީލޯޑް ކޮށްލެވޭނެ ފަސޭހަ ގޮތްތައް ދިރާގުން ކިޔައިދީފިއެވެ.
މި ދުވަސްވަރަކީ ރައްކާތެރިކަމާއެކު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އޮންލައިންކޮށް ހުރިހާ ޙިދުމަތެއްވެސް ހޯދުމަށް އިލްތިމަސްކުރަމުން އަންނަ ދުވަސްވަރެކެވެ. އެގޮތުން، ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށާއި ލިބިގަތުމަށް ފަސޭހަ، ޑިޖިޓަލް ގޮތްތަކެއް ކަސްޓަމަރުންނަށް އަބަދުވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ގޭގައި ތިބެގެން ފަސޭހަކަމާއެކު ރީލޯޑް ކޮށްލެވޭނެ ވަރަށް ގިނަ ގޮތްތައް ހިމެނެއެވެ. އޭގެ ތެރޭގައި:
ދިރާގު މޮބައިލް އެޕްލިކޭޝަން
- ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް އެޕް ހުޅުވާލާފައި “Easy TopUp” ނަގައި، ބޭނުންވާ ޕްރީޕެއިޑް ނަންބަރު ޖެހުމަށްފަހު “Continue and Pay” އަށް ފިތާލާށެވެ. ދެން ރިލޯޑް ކުރަން ބޭނުންވާ އަދަދު ޖެހުމަށްފަހު އަނެއްކާވެސް “Continue and Pay” އަށް ފިތާލާށެވެ. ދެން ފައިސާ ދައްކަންބޭނުންވާ ގޮތް ޚިޔާރުކުރުމަށްފަހު “Continue” އަށް ފިތާލާށެވެ.
- ދިރާގު ޕޭ ނުވަތަ ބީ. އެމް. އެލް އަދި އެމް. އައި. ބީ. ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެއެވެ.
- ދިރާގު މޮބައިލް އެޕް މެދުވެރިކޯށް ރީލޯޑްކުރާނެގޮތުގެ ވީޑިއޯ ޓިއުޓޯރިއަލް - https://www.youtube.com/watch?v=XF4LuBsQ-JM
ދިރާގު ވެބްސައިޓް
- ދިރާގު ވެބްސްއިޓު މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ވެބްސައިޓްގެ ހޯމް ޕޭޖްގައިވާ “Easy TopUp” އަށް ފިއްތާލާށެވެ. އެއަށްފަހު ރީލޯޑްކުރަން ބޭނުންވާ ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Continue” އަށް ފިއްތާލާށެވެ. ދެން، ފައިސާ ދައްކަންބޭނުންވާ ގޮތް ޚިޔާރުކުރުމަށްފަހު “Continue” އަށް ފިއްތާލާށެވެ.
- ދިރާގު ޕޭ ނުވަތަ ބީ. އެމް. އެލް އަދި އެމް. އައި. ބީ. ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެއެވެ.
ދިރާގު ޕޭ
- ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގުޕޭގެ މޮބައިލް އެޕްލިކޭޝަން ހުޅުވުމަށްފަހު “Reload my mobile” ނުވަތަ “Reload Another” އަށް ފިއްތާލާށެވެ. އެއަށްފަހު ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Validate” އަށް ފިއްތާލާށެވެ. ދެން ރީލޯޑް ޓްރާންސެކްޝަން ފުރިހަމަކުރުމަށް “Proceed” އަށް ފިއްތާލުމުން ރީލޯޑް ކޮށް ނިމުނީއެވެ.
- ދިރާގު ޕޭ އެކައުންޓަށް ފަސޭހަކަމާއެކު ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ކުރެވޭނެއެވެ.
މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް ދިރާގުން އެދެއެވެ. އަދި ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް ދިރާގުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް