ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯން ތައާރަފްކޮށްފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން މިނިސްޓްރީ އޮފް ފައިނޭންސް އިން ލޯން ސްކީމެއް އ...

17 Jun 2021 | 12:28

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން މިނިސްޓްރީ އޮފް ފައިނޭންސް އިން ލޯން ސްކީމެއް އެކުލަވާލައިފިއެވެ.

މިއީ 2021 މޭ 27 ވަނަ ދުވަހު ސަރުކާރުން އިއުލާންކުރެއްވި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތައާރަފްކުރެވޭ ލޯން ސްކީމެކެވެ.

މި ބަލިމަޑު ކަމާ ގުޅިގެން މާލީ ގޮތުން ގެއްލުން ލިބިފައިވާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ކޮވިޑް-19 އެކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާ އާ ހަމަޔަށް ފައިނޭންސަށް އެދިހުށަހެޅޭނެއެވެ.

މިއީ %6 ކުޑަ އިންޓަރެސްޓެއްގައި ދޫކުރެވޭ ލޯނެކެވެ. ރަހުނަކާ ނުލާ ދޫކުރުމަށް ހަމަޖެހިފައިވާ މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

ޖޫން 20 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން މި ލޯނަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނަމުންދާނެއެވެ. މި ލޯނާ ގުޅޭ އިތުރު މައުލޫމާތާއި ލޯނަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް