ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ޖަވާހިރު ފެނުނު ގައުމަކަށްވެސް ބޮޓްސްވާނާ!

ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ޖަވާހިރު ފެނުނު ގައުމަކަށްވެސް ބޮޓްސްވާނާ ވުމާއި ގާތް ވެއްޖެ އެވެ. އެގައުމުގެ ރައީސް މޮކްގްވީޓްސީ މަސީސީ މިއަދު ދައްކާލި އެ ޖަވާހިރު ފެނިފައިވަނީ މީގެ ދެ ހަފްތާ ކުރި...

17 Jun 2021 | 12:10

ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ޖަވާހިރު ފެނުނު ގައުމަކަށްވެސް ބޮޓްސްވާނާ ވުމާއި ގާތް ވެއްޖެ އެވެ.

އެގައުމުގެ ރައީސް މޮކްގްވީޓްސީ މަސީސީ މިއަދު ދައްކާލި އެ ޖަވާހިރު ފެނިފައިވަނީ މީގެ ދެ ހަފްތާ ކުރިންނެވެ. އެ ޖަވާހިރުުގެ ބަރުދަނުގައި 1،098 ކެރެޓު ހުރި ކަމަށް ބުނެ އެވެ.

އެ ޖަވާހިރު ފެނިފައިވަނީ ބޮޓްސްވާނާގެ ސަރުކާރު ހިއްސާވާ ޖަވާހިރާއި ގުޅުން ހުރި މަސައްކަތް ކުރާ ޑެބްސްވާނާ ޑައިމަންޑް ކޮމްޕެނީއަށް ޖްވަނެންގް ކިޔާ މައިނަކުންނެވެ. އެ ޖަވާހިރުގައި ބަރުދަނުގައި 1،098 ކެރެޓު ހުއްޓެވެ. އެ ޖަވާހިރުގެ ދިގު މިނުގައި 73 މިލިމީޓަރު ހުންނައިރު، ފުޅާ މިނުގައި 52 މިލިމީޓަރު އަދި ބޯ މިނުގައި 27 މިލިމީޓަރު ހުރެ އެވެ.

އެ ގައުމުގެ ރައީސް ވިދާޅުވީ ޖަވާހިރުގެ ބަރުދަނަށް ބަލައި އެއީ ދުނިޔޭގެ ތިން ވަރަށް އެންމެ ބޮޑު ޖަވާހިރު ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެއީ ދެވަނައަށް އެންމެ ބޮޑު ޖަވާހިރަށްވުރެ އެ ލުއީ ކުޑަ ތަންކޮޅެކެވެ.

ޑެބްސްވާނާ ކުންފުނިން ބުނީ މިއީ އެ ކުންފުނީގެ 50 އަހަރުގެ ތާރީހުގައި ފެނުނު އެންމެ ބޮޑު ޖަވާހިރު ކަމަށެވެ. އެކުންފުނިން އެންމެ ފުރަތަމަ ހޯދި އެންމެ ބޮޑު ޖަވާހިރު އަދި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޖަވާހިރު އެ ގައުމުން ހޯދީ 2015 ވަނަ އަހަރު އެވެ.

އެ ޖަވާހިރު އެ ގައުމުން ވިއްކާލީ 53 މިލިއަން އެމެރިކާ ޑޮލަރަށެވެ. އެކަމަކު މިފަހަރު ފެނުނު ޖަވާހިރު ވިއްކާނެ އަގެއް އަދި ކަނޑައެއް ނާޅަ އެވެ.

ބޮޓްސްވާނާ އަކީ އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ޖަވާހިރު ފެންނަ ގައުމެވެ.

މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ބޮޑު ޖަވާހިރު ފެނުނީ 1905 ވަނަ އަހަރު ސައުތް އެފްރިކާއިންނެވެ. އެ ޖަވާހިރުގެ ބަރުދަނުގައި 3،106 ކެރެޓު ހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް