ލޯންޗުތަކުގެ އަލިފާނުގެ ހާދިސާގައި ބިދޭސީ މީހާގެ ހަށިގަނޑުގެ 25 ޕަސެންޓު ފިހިފައި

މިއަދު ހެނދުނު މާލޭ ދެކުނު ފަރާތު ފަޅުގައި އަޅާފައި އޮތް ލޯންޗުތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިނުނު މީހާގެ ހަށިގަނޑުގެ 25 ޕަސެންޓު ފިހިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ. މިހާދިސ...

17 Jun 2021 | 10:38

މިއަދު ހެނދުނު މާލޭ ދެކުނު ފަރާތު ފަޅުގައި އަޅާފައި އޮތް ލޯންޗުތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިނުނު މީހާގެ ހަށިގަނޑުގެ 25 ޕަސެންޓު ފިހިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ކޮށްފައިވަނީ ހެނދުނު 6:13 ގައި އެވެ. އަލިފާނގަޑު ނިވާލެވުނީ6:30 ހާއިރު އެވެ.

އައިޖީއެމްއެޗުން މީޑިއާގައި ބުނީ މި ހާދިސާގައި ފިހިގެން އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ އުމުރުން25 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އެއީ ބިދޭސިއެކެވެ.

އެމީހާގެ ހަށިގަނޑުގެ25 ޕަސެންޓު ވަނީ ފިހިފަ އެވެ. އެ ހޮސްޕިޓަލުން ބުނީ އެމީހަށް ފަރުވާ ދެމުން ދަނީ އެމަޖެންސީ ރޫމުގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު ފަސް ލޯންޗަކަށް ގެއްލުންވެފައިވާ ކަމަށެވެ.

ލޯންޗްގައި ރޯވުމުގެ ކުރިން އެއްޗެއް ގޮވީމާ އިވޭ ކަހަލަ ބާރުއަޑެއް އިވިފައި ވާކަމަށް އެ ސަރަހައްދުގައި އެވަގުތު ހުރި އާންމު ފަރާތްތަކުން މީޑިއާގައި ބުނެފައިވެ އެވެ. އެ ވަގުތަކީ ގިނަ ބަޔަކު ކަސްރަތަަށް ނުކުމެ އުޅުނު ވަގުތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް